Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައެލިސިސްގެ ޚިދުމަތް ފަށަނީ

ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައެލިސިސްގެ ޚިދުމަތް ފަށަނީ

ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައެލިސިސްގެ ޚިދުމަތް ފަށަން ނިންމައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމަަށް ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިކަމުގެ ސަބަބުން މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް އޮތް ޑިމާންޑު ކުޑަވެގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ ހިދުމަތްތައް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި އެމްއާރުއައި އަދި ސީޓީ ސްކޭން ހިމެނޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

"އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން" މިނިސްޓަރ ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުތަކުގައި ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބަލަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެއްވެސް ޚިދުމަތެއް ހުއްޓިފައިވާނަމަ އެ ޚިދުމަތެއް އަލުން ފަށާނެކަމަށާއި، އެގޮތަށް ހުއްޓިފައި ހުރި ބައެއް ޚިދުމަތްތައް މިހާރުވެސް ފަށާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް