ޚަބަރު

ހަށިވިއްކާ އިތުރު ޓެލެގްރާމް ޗެނަލެއް ބަންދުކޮށް މައްސަލަ ބަލަނީ

އައިކާ ޔުނާން ، ދެން އޮންލައިން

ހަށި ވިއްކުމުގެ އަމަލުތައް ހިންގަމުން ދިޔަ އިތުރު ޓެލެގްރާމް ގުރޫޕެއް ބަންދުކޮށް، އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ބުނީ، މި ފަހަރު ބަންދުކޮށްފައިވަނީ “އެމްވީ ކޯލް ގާލްސް” ނަމުގައި ހިންގަމުން ދިޔަ ޗެނަލެއް ކަމަށެވެ.

މި ޗެނަލުން ބޮޑެތި އެކި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ގިނަކަންކަން ކުރަމުން ދިޔަ ކަމަށާއި ޗެނަލް ބަންދުކޮށް އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް އެއީ ސީދާ ކޮން ކުށްތަކެއް ކަން ފުލުހުން ހާމަކޮށްފައިނުވެ އެވެ.

މީގެ ކުރިން ފުލުހުން ވަނީ ''ޖަޒީރާ އެމްވީ'' ގެ ނަމުގައި ހިންގަމުން ދިޔަ ޗެނަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެ ޓެލެގްރާމް ޗެނަލް ހިންގުމުގައި ބައިވެރިވި ދެ މީހުންނާއި އޭގައި ހިމެނުނު ޓެކްސީ ޑްރައިވަރަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

އެ ޗެނަލަކީ ވެސް ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތި ވިއްކަމުން ދިޔަ ޗެނަލެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!