ޚަބަރު

އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ސަރުކާރުން ފައިސާގެ ނުފޫޒު ފޯރުވި: ފައްޔާޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއިން ދުވަހަކު ނުދެކޭ ވަރަށް، ނިމުނު ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ބާއްވަން ދެ ދުވަހަށްވެފައި އޮއްވާ ސަރުކާރުން ފައިސާގެ ނުފޫޒު ފޯރުވި ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތުހުމަތު ކޮށްފިއެވެ.

Ads by Hajj Corporation

"އަދަދު" އިން ގެނެސްދޭ "އެތެރެފުުށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަޖިލިސް އިންތިހާބުން ލިބުނީ ވަރަށް ދަށް ނަތީޖާއެއް ކަމަށެވެ. އެހާ މަދުން ގޮނޑި ލިބޭނެ ކަމަށް ކުޑަކޮށް ވެސް އުންމީދު ނުކުރާ ކަމަށް ވިދާޅުވިއެވެ.

އަދި ލިބެމުން ދިޔަ މައުލޫމާތުތަކާއި މަސައްކަތްތަކަށް ބިނާކޮށް އިންތިހާބުގެ ފަހު ދެ ދުވަހާ ޖެހެންދެން ވެސް މެޖޯރިޓީ ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ކީއްވެގެންތޯ މި ނަތީޖާ އައީ. ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. މީގަ އެންމެ މުހިންމު މައްސަލަ އަކީ ސަރުކާރުގެ ނުފޫޒާ ސަރުކާރުން ރައްޔިތުންނަށް ދެއްކި ބިރު. ވަޒީފާގެ ބިރު ވަރަށް ބޮޑަށް ރަށްތަކުގަ އޮތް" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އިންތިހާބު ބާއްވަން 10 ދުވަސްވެފައި ވަނިކޮށް ގާތްގަޑަކަށް 4,000 އާއި 5,000 ދެމެދުގެ އަދަދަކަށް ވަޒީފާ ދިން ކަމަށާއި ގިނައިން ދީފައި ހުރީ ތިން މަހުގެ ކޮންޓްރެކްޓަށް ބިނާކޮށް ކަމަށެވެ.

"ރައްޔިތުން ކައިރީގަ ސަރުކާރުން ބުނަމުން ދިޔައީ ތިމަންނަމެންގެ ކެނޑިޑޭޓް ނުހޮވިއްޖިއްޔާ އެ ތިން މަހުގެ ކޮންޓްރެކްޓް އަލެއް ނުކުރެވޭނެއޭ" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާ ހިސާބަށް ނުދެކޭ ވަރަށް ފައިސާގެ ނުފޫޒު ވެސް ސަރުކާރުން ފޯރުވާފައިވާ ކަމަށާއި ހާއްސަކޮށް އިންތިހާބު ބާއްވަން ދެ ދުވަހަށް ވެފައިވަނިކޮށް އެ މަންޒަރު ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމްޑީޕީ އަކީ ވަކި ސިޔާސަތުތަކަކާއި ވަކި މަގްސަދެއް ވިއްކާ ޕާޓީއެއް ކަމަށާއި އެހާ ހިލާފަށް ސަރުކާރުން ވިއްކީ ކެންޑިޑޭޓުން ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ.

ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖިލީސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނާއެކު ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރީޓީ ހޯދާފައެވެ. ސަރުކާރުގެ ތާއިދާ އެކު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުންނާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި ތިން ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.

ސަރުކާރުން ލަފާކުރާ ގޮތުން މަޖިލީހުގައި ސަރުކާރާއެކު 80 މެންބަރުން މަސައްކަތްކުރާނެއެވެ. 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.

Ads by Allied Insurance
  1. ޢަޒްރާ

    2019 ގަ ކަލޭމެން ބެހީ ކަރުދާސްތަ؟އެއީ ސރުކާރުގެ ކަރުދާހެއ ނޫން ދޯ

  2. ާއަލީ ބުނީ

    ހޫ މިދެން ކީކޭ ކިޔާ ރނޑ އެއްތަ.

  3. ލަކުޑި ކަޅޭ

    ފައިސާބެހިޔޭކިޔަން އެންމެރަނގަޅީތިއާލާތުން މީހަމަފައްކާ ކަނޑުލަބަރިއެއް