ޚަބަރު

އަދާލަތު އިމްރާންގެ ކާރުގައި ޕިކަޕެއް ޖެހުމުން މާފު ހޯދަން ގާތްވީ އިންތިހާބީ މެންބަރު އިމްރާން

އަލީ ސަމާޙް ، ދެން އޮންލައިން

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުކޮޅުގައި ޕިކަޕަކުން ޖެހި މިއަދު ހިނގި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެއްޖެ އެވެ. އަޅައިގަތް ކަމަކީ އެ ސަރަހައްދުގައި އެ ވަގުތު އިންތިހާބީ މަޖިލިސް މެންބަރު ހުސައިން އިމްރާން ލަތީފް (އިންމު) ހުންނަވައި ދެއްކެވި ވާހަކައެވެ.

Ads by Sosun Fihaara

ޕިކަޕެއް ގޮސް އިމްރާނުގެ ކާރުގައި ޖެހުނީ މިއަދު ހަވީރު، އަނބިކަނބަލުން ފާތިމަތު ޔުމްނާ ވެސް ކާރު ތެރޭގައި އިންނަވަނިކޮށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ އިންތިހާބީ މެންބަރު، އިންމުއަށް އެ މަންޒަރު ފެނި އިމްރާން އަރިހަށް ވަޑައިގެން އެދިވަޑައިގަތީ ޕިކަޕު ދުއްވި މީހާއަށް މައާފު ކޮށްދެއްވުމަށެވެ.

އެ ވާހަކަތައް މެންބަރު އިންމު ދެއްކެވި ނަމަވެސް ކުރީގެ މިނިސްޓަރު އިމްރާން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

''މާފުކޮށްދެއްވަން ނެތިއްޔާ އަޅުގަނޑު މި ބޭބެގެ ފަރާތުން ވީ ގެއްލުން، ޝޭހް އިމްރާނުގެ ކާރު ހަދަންދާ ހަރަދަކަށް އަޅުގަނޑު ޒިންމާ ވާނަން،'' އިންމު މިހެން ވެސް ވިދާޅުވިއެވެ.

އެ މީހާ އަށް މާފުކޮށްދޭން ތަކުރާރުކޮށް އިންމު ވިދާޅުވި ނަމަވެސް އިމްރާން އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. މި އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުންގެ އަދި މިހާތަނަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

Ads by Allied Insurance
  1. އެއްކަލަ ކައްޕި

    ފެންނަ ފެނުމުގަ ހިއެއްނުވޭ އިމްރާނު މާފް ކުރަން ބޭނުންވާހެން އެކަމަކު ސީޔާސީ އިސްކޮށް ހަރަކާތްތެރިވާ މީހެއް ވީމަ ހަނު ހުންނަނީ އެއް ނޫންނަމަ މާފެއްނުދޭނެ

  2. ނާނަ

    މާފުނުކުރެވޭނެ ކާރު ހަދައިދީކަލޯއެބޭބެއަށް

  3. ޢަރީފު

    ހޯމް މިނިސްޓަރުކަންކޮށްފަ ހުރި ގަމާރެއް. ބަލާބަލަ ހުރިގޮތް. ކިބުރުވެރި ބޮޑާ މީހުންގެ ހެދުން އަޅައިގެން. އޭނާ ނުކުމެ އެހުރީ ނަމާދުކުރާ މީހުން ހޯދަންވެގެންނޯ. ނަމާދު ކުރާ މީހުން ހޯދަން ނުކުމެ އުޅެނިކޮށް ކާރުގަ ޕިކަޕަކުން ޖެހުނީ.

  4. ޢަރީފު

    ހޯމް މިނިސްޓަރުކަންކޮށްފަ ހުރި ގަމާރެއް. ބަލާބަލަ ހުރިގޮތް. ކިބުރުވެރި ބޮޑާ މީހުންގެ ހެދުން އަޅައިގެން. އޭނާ ނުކުމެ އެހުރީ ނަމާދުކުރާ މީހުން ހޯދަންވެގެންނޯ. ނަމާދު ކުރާ މީހުން ހޯދަން ނުކުމެ އުޅެނިކޮށް ކާރުގަ ޕިކަޕަކުން ޖެހުނީ.

  5. ދެއިމްރާން

    ޝެއިޚް އިމްރާނަކީ ދުވަހަކުވެސް އަހަރެން ތާޢިދު ކުރިމީހެއްނޫން. އެކަމަކު ތިބުނާ މެމްބަރު އިމްރާންގެ އެންމެ ބޮޑު އެއް ބޭނުމަކަށްވީ ޝެއިޚް އިމްރާން ލަދުގަންނުވާލައި އަގުވައްޓާލުންކަމަށް ވަރަށްބޮޑަށް ދޭހަަވާ ގޮތަކަށް ވާހަކަހުރީ. އަދި ޝެއިޚް އިމްރާން ވަރަށްބޮޑަށް ލަދުންހުރިކަންވެސް އެ ވީޑިއޯއިން ސާފުވޭ. ޤާނޫނު ހަދާ މަޖްލީހަށް ކުފޫހަމަނުވާމީހުން އައުމުން އަނެކާ ޤާނޫނީ ޒިންމާ އަދާކުރަންވެސް ހުރަސްއަޅާނެ

  6. ނަންނަ

    ހާދަ ފޮނި މެންބަރެކޭ ދޮއްތޮ

  7. ބާބާ މިޔާ

    އިންތިޚާބީ މެންބަރެއްކަމަކު ގުއި އުނދުޅި ތޮރުފާކަށް ނުޖެހޭ އެތަނަކަށް. އެކްސިޑެންޓެއް ހިނގައިފިއްޔާ ކަންކުރަން ހޭގޮތުގެ ގަވައިދެއް އޮވޭ. ދަލު ބޭރުން ޖެހި މީޑިއާ ސްޓަންޓެއް ޖައްސަންވެގެން އިންތިޚާބީ މެންބަރު އުޅުއްވަނީ. މިހާހިސާބުންވެސް ތިޔަ މީހާގެ ފެންވަރު އަހަރުންނަށް ވަޒަންކުރެވިއްޖެ. އެކްސިޑެންޓް ވީ މާ މާފުކޮށްދިނަކަސް. ސަރުކާރުން އެކަމާގުޅޭގޮތުން ކަންކަން ކުރަންޖެހޭކަން އިންތިޚާބީ މެންބަރަށް ނޭނގެނީބާ! ތިމާޔަށް ތިމާ ފެނުނަސް ތިވަރު ފުކެއް ބޮޑޫ. ްއަދި މީހުންގެ ޢިއްޒަތް ކިލަނބުކޮށްލަން ތިޔަ ތެޅޭ ތެޅުން ހުއްޓަން ޖެހޭ!

  8. ޕިކްސް

    ތާޑްޕާޓީ ވެހިކަލް އިންސުރެންސް ކުރަނީ ކޮންމެވެސް ކަމަކުދޯ. މާފު ހޯދައިގެން ސީން ރޫޅާލީމަ ކާރަށް ލިބުނު ގެއްލުމުގެ ބަދަލު ކިހިނެތް ހޯދާނީ

  9. ޅަދުގަނެ

    ޙުސް ދެއްކުންތެރިކަން

  10. ބުނީމެއްނު

    މާފު ހޯދާ ދޭކަށެއްނޫން އެއުޅެނީކީ. ދެއްކުންތެރިވާން. ތިހާ އެހީވާން ބޭނުންނަމަ، އެބޭބެ ދައްކަން ޖެހޭވަރު ތިބޭފުޅާ ދައްކާނުދީ ވީޑިއޯ ހަދައިގެން އިމްރާން ލަދުގަންނަވަން އުޅެނީ ކީއްކުރަން. ތީސިޔާސީ މީހުންގެ ފެންވަރު.

    • ތެދެއް

      ހަމަސީދާ ދެއްކުންތެރިކަން