ލައިފްސްޓައިލް

ސުކޫލުގައި އުޅުނު އިރު އެންމެ “ބެސްޓު” ޓީޗަރަކީ ކާކު؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހެއްގެވެސް މަދަރުސީ ދައުރަކީ އެންމެ މަޖާ އެންމެ ގިނަ ހަނދާންތައް އެކުލެވިފައިވާ ދުވަސްވަރެވެ. އެންމެ ގާތް ރައްޓެހިން އުފެދިގެން ވެސް އަންނާނީ އާންމުކޮށް ކޮންމެ މީހެއްގެ ވެސް މަދަރުސީ ދައުރުއެވެ. އެގޮތުން ލޯބިވާ ޓީޗަރުންނާއި ފޫހިވާ ޓީޗަރުން ތިބުމަކީ ވެސް އަބަދު ވެސް އޮންނަ ކަމެކެވެ.

Ads by Hajj Corporation

ސުކޫލުގައި އުޅެމުންބްރޭކްގަޑިއަށް ގެއަށް ދިއުމަށްފަހު ދެން އެނބުރި އަންނަ އިރުގައި އެކުއްޖެއްގެ އެންމެ ގަޔާވާ ޓީޗަރަށް މަލެއް ނުވަތަ އެހެނިހެން ހަދިޔާ ވެސް ހިފައިގެން ސުކޫލަށް ދާ މަންޒަރު ވެސް އޭރު ފެނެއެވެ.

މިހެން ކަންތައް ކުރުމުން ޓީޗަރަށް ވެސް އެކުއްޖާ ޚާއްސަ ވެދެއެވެ.

ޓީޗަރުންގެ ދުވަހަކީ މިފަދަ އެތައް މަންޒަރުތަކެއް ފެންނަ ދުވަހެކެވެ. ކުލާސް ރޫމު އެބަޔަކަށް ވީ އެންމެ ރީތިކޮށް ތައްޔާރުކޮށް އެންމެ ލޯބިވާ ޓީޗަރުންނަށް ޚާއްސަ ހަދިޔާތައް ދޭނެއެވެ. ހަގީގަތުގައިވެސް އެދުވަހަކީ ޓީޗަރުންނަށް ޚާއްސަ ދުވަހެއްކަން އިހުސާސް ކުރެވެނީ ކުދިންގެ ފަރާތުން މިފަދަ އުފާވެރި މަންޒަރުތައް ފެންނަން ފެށުމުންނެވެ.

ތިމާ އެންމެ ކުރާ ހިތްވާ ކަމެއް ކުރެވޭނީ ވަރަށް ގަޔާވެގެންނޭ ބުނާ ފަދައިން އެންމެ ލޯބިވާ ޓީޗަރު ކިޔަވައިދޭ މާއްދާއަކީ އެކުއްޖަކު އެންމެ ކިޔަވައި ހިތުން ކިޔަވާ މާއްދާއަށް ވެސް ވެގެންދެއެވެ. އަދި މިކަން އެ ކުދިން ހަދާ އިމްތިހާނުތަކުގެ ނަތީޖާ އިންވެސް ފެނިގެން ދާނެއެވެ.

ޓީޗަރުންނަކީ އަހަރެމެން އެންމެންގެ ޙަޔާތުގައި ދެވަނަ މައިންބަފައިންނެވެ. އެމީހުން އަހަރެމެންނަށް ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަން ދަސްކޮށްދީފައިވެއެވެ. ދުވަހަކުވެސް އެމީހުންގެ އެ ބުރަ މަސައްކަތް ހަނދާނުން ފިލާނުދާނޭއެވެ. އަދި އެމީހުންގެ އެ ބުރަ މަސައްކަތުގެ އަގު، އަހަރެމެންނަށް އަދާ ނުކުރެވޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!