Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ މީހުން މިހާރު ނުތިބޭނެ: ސަރުކާރު

އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ މީހުން މިހާރު ނުތިބޭނެ: ސަރުކާރު
އުތުރު ތިލަފަޅުގައި އެެއްވެސް އިންޑިއާގެ އަސްކަރީ މީހަކު ނެތް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ތިން ބެޗަށް ބަހައިލައިގެން ދިވެހިރާއްޖެއިން ފައިބައިގެން ދިޔައީ އިންޑިއާގެ 76 ސިފައިން ކަމަށާއި ސިވިލިޔަނުން ވެސް ރާއްޖެއަށް އައީ އެ އަދަދަށް ކަމަށެވެ. ރާއްޖޭގައި އިންޑިއާ ޑޮކްޓަރުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އިންޑިއާގެ އަސްކަރީ ޑޮކްޓަރުން ފޮނުވާލުމުގެ ވިސްނުމެއް ނެތް ކަމަށާއި, މަޢުލޫމާތުތަކުން ދައްކާ ގޮތުގައި އުތުރުތިލަފަޅުގައި އަސްކަރީ ބަޔަކު ނެތް ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މައުލޫމާތުތަކުން ދައްކާ ގޮތުން އުތުރުތިލަފަޅުގައި އަސްކަރީ މީހަކު ނެތް،" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓާ މޫސާ ޒަމީރު ވަނީ ސެނެހިޔާގައި 2012 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުންދާ އިންޑިއާ ޑޮކްޓަރުންގެ ފަރާތުންވެސް ސަލާމަތަށް ނުރައްކާވާ ނަމަ އިންޑިއާގެ ސަރުކާރުގައި އެދިގެން ފޮނުވާލެވޭނެކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެތިބިއިރު މިދިޔަ މާރިޗު މަހު އެއް ޕްލެޓްފޯމު އަދި މިދިޔަ އޭޕްރިލް މަހު އަނެއް ޕްލެޓްފޯމުގައި ތިބި ސިފައިން ވަނީ ފޮނުވާލާފައެވެ. މިހާރު ފޮނުވާލާފައިވަނީ ތިންވަނަ ޕްލެޓްފޯމުގައި ތިބި ސިފައިންނެވެ. އެއާއި އެކު އިންޑިއާގެ ހުރިހާ ސިފައިން ވަނީ ގޮސްފައެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ޤައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވައި، މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް