އުކުޅަހުގައި 17 އަހަރުގެ ކުއްޖަކު ސައިކަލުން ވެއްޓި ހާލު ސީރިއަސް

އއ. އުކުޅަހުގައި 17 އަހަރުގެ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި ހާލު ސީރިއަސް ވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުކުޅަހު ހިއްކި ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ވެއްޓި އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމުގެ ރިޕޯޓު މިއަދު މެންދުރު ފަހު 14:30 ގައި ލިބިފައިވާ ކަމަށެވެ,
ފުލުހުން ބުނީ އަނިޔާ ލިބުނު 17 އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށް އެ ރަށު ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތެއް އަދި ކުއްޖާއަށް ލިބުނު އަނިޔާއެއް ފުލުހުން ހާމަކޮށްފައިނުވެ އެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ގާނޫނުގައި ބުނާ ގޮތުގައި އުޅަނދު ދުއްވުމުގެ ލައިސަންސް ލިބެނީ އުމުރުން 18 އަހަރު ފުރުމުންނެވެ. ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.