Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހޮޓަލެއްގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހޮޓަލެއްގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ހޮޓަލެއްގައި ދިވެއްސަކާއި ބިދޭސީއަކާއި މެދުގައި ހިނގި މާރާމާރީގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، މި މާރާމާރީ ހިނގި ކަމުގެ ރިޕޯޓް ކޮށްފައިވަނީ ރޭ 00:26 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މާރާމާރީ ހިންގި 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން، 7 ދުވަހަށް ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement
HDC — Sidebar (box)

މާރާމާރީ ހިިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އެކަމަކު އެ ދެ މީހުންގެ ދެމެދު މާރާމާރީ ހިންގި މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މިޑިއާގައި ވަނީ ވައިރަލްވެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް