Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލެ ސަރަހައްދުގައި ހަ ސީޓުގެ ޓެކްސީ ދަތުރުކުރެވޭ އަގު ކަނޑައަޅައިފި

މާލެ ސަރަހައްދުގައި ހަ ސީޓުގެ ޓެކްސީ ދަތުރުކުރެވޭ އަގު ކަނޑައަޅައިފި
މާލެ ސަރަހައްދުގައި ހަ ފަސެންޖަރުން ނުވަތަ އެއަށްވުރެ ގިނަ ފަސެންޖަރު އަރުވައިގެން ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން، މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލުގެނެސް، އަގުތައް ކަނޑައަޅައި މިއަދު ވަނީ އާންމުކޮށްފައެވެ. އަގުތައް ކަނޑައަޅާފައިވާ ގޮތުން ނަމަ މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ 30 ރުފިޔާ އަށެވެ. އަދި 10-7 ސީޓާއި ދެމެދު އުޅަނދެއްނަމަ 45 ރުފިޔާއަށް ކަމަށެވެ. މާލެއިން 10-7 ސީޓާއި ދެމެދުގެ އުޅަނދުތަކުގެ އަގުތައް:
  1. މާލެއިން ހުޅުމާލެ ފިޔަވަހި 1: 130 ރުފިޔާ
  2. މާލެއިން ހުޅުމާލެ ފިޔަވަހި 2: 155 ރުފިޔާ
  3. މާލެއިން އެއާޕޯޓަށް: 110 ރުފިޔާ
ހުޅުމާލެ ފިޔަވަހި 1 އިން 10-7 ސީޓާއި ދެމެދުގެ އުޅަނދުތަކުގެ އަގުތައް:
  1. ހުޅުމާލެ ފިޔަވަހި 1 މާލެ: 130 ރުފިޔާ
  2. ހުޅުމާލެެ ފިޔަވަހި 2 އިން މާލެ: 60 ރުފިޔާ
  3. ހުޅުމާލެ ފިޔަވަހި 1 އިން އެއާޕޯޓަށް: 125 ރުފިޔާ
ހުޅުމާލެ ފިޔަވަހި 2 އިން 10-7 ސީޓާއި ދެމެދުގެ އުޅަނދުތަކުގެ އަގުތައް:
  1. މާލެ: 155 ރުފިޔާ
  2. ހުޅުމާލެ ފިޔަވަހި 1: 60 ރުފިޔާ
  3. އެއާޕޯޓް: 130 ރުފިޔާ
އެއާޕޯޓް އިން 10-7 ސީޓާއި ދެމެދުގެ އުޅަނދުތަކުގެ އަގުތައް:
  1. އެއާޕޯޓުން މާލެ: 110 ރުފިޔާ
  2. އެއާޕޯޓުން ހުޅުމާލެ ފިޔަވަހި 1: 125 ރުފިޔާ
  3. އެއާޕޯޓުން ހުޅުމާލެ ފިޔަވަހި 2: 130 ރުފިޔާ
ޑޮމެސްޓިކް ޓާމިނަލްއަށް ކުރެވޭ ދަތުރުތަކުން، އެއަޕޯޓް އަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 15 ރުފިޔާ ޗާޖް ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުންޏެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖް އަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް