ބޮލީވުޑް މުނިފޫހިފިލުވުން

އައިޝްވާރިޔާ މަންމަގެ އުފަންދުވަހުވެސް އަބީޝެކް ނުފެނުނު، ވަރިވީތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވާރިޔާ ރާާއީ

ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑް ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން ވަރިވިކަމުގެ އަޑުތަކެއް ދައުރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ދެތަރިން އެކުގައި އެއްވެސް ހަފްލާއަކުން ނުފެނެ އެވެ. އެންމެ ފަހުން ދެތަރިން އެކުގައި ފެނުނީ އަނަންތު އަމްބާނީއާއި ރާދިކާ މާޗެންޓުގެ ކައިވެނީގެ ކުރިން ބޭއްވި ހަފްލާއިންނެވެ. މިހަފްލާއިން ފެނުނު އިރުވެސް ދެތަރިންގެ ދެމެދުގައި ގާތް ގުޅުމެއް ނެތްކަން އިނގެ އެވެ.

Ads by Hajj Corporation

އައިޝްވާރިޔާ އިއްޔެ ވަނީ އޭނާގެ މަންމަ ބްރިންޑިޔާ ރާއީގެ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. އިންސްޓަގްރާމަށް ފޮޓޯތައް ޕޯސްޓު ކުރިއިރު ފިރިމީހާ އަބީޝެކް ފެންނާކަށް ނެތެވެ. ފޮޓޯތަކުން ފެންނަނީ އައިޝްވާރިޔާއާއި އޭނާގެ ދަރިފުޅު އަރާދިޔާ ބައްޗަން އުފާ ފާޅު ކުރާ މަންޒަރެވެ. ގިނަ ބައެއްގެ ކޮމެންޓުތަކުގައިވެސް އަބީޝެކްއާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އައިޝްވާރިޔާ އާއި އަބީޝެކްގެ ގުޅުން ހީނަރުވެފައި އޮންނަތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ވާހަކަ ދެކެވޭ ގޮތުންނަމަ އައިޝްވާރިޔާ މިހާރު ދިރިއުޅެނީވެސް އަމީތާބު ބައްޗަންގެ ގެއަކު ނޫނެވެ. އޭނާއާއި ދަރިފުޅު އަރާދިޔާ ދިރިއުޅެނީ ވަކިންނެވެ.

އަޑު ފެތުރޭ ގޮތުންނަމަ އައިޝްވަރިޔާއާއި މައްސަލަ ޖެހުނީ ބައްޗަން އާއިލާ އާއެވެ. ޖެހުނީ ކޮން މައްސަލައެއްކަން މާ ރަނގަޅަށް ސާފެއް ނުވެ އެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ބައެއް މީޑިއާތަކުން ވަނީ އައިޝްވާރިޔާއާއި އަބީޝެކް ވަރިވެފައިވާކަމަށް ރިޕޯޓުކޮށްފަ އެވެ. ރަސްމީ ސިފައެއްގައި އެއްވެސް ތަރިއަކު މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އައިޝްވާރިޔާގެ ކުރިން އަބީޝެކް ދެ މީހަކާއި ލޯބީގެ ގޮތުން ގުޅުނެވެ. އެއީ ރާނީ މުކަރްޖީ އަދި ކަރިޝްމާ ކަޕޫރެވެ. ކަރިޝްމާ އާއި އަބީޝެކްގެ އެންގޭޖްމެންޓުވެސް ބޭއްވި އެވެ. އެހެންނަމަވެސް ކައިވެންޏަކާއި ހަމައަށް ދިޔުމުގެ ކުރިން އެ ގުޅުން ކެނޑުނެވެ.

އައިޝްވާރިޔާވެސް ދެ މީހަކާއި ލޯބީގެ ގޮތުން ކުރިން ގުޅުނެވެ. އެއީ ސަލްމާން ހާން އަދި ވިވޭކް އޯބެރޯއީ އެވެ.

Ads by Allied Insurance
  1. ފެކްޓް

    އައިޝްވާރިޔާ އެއްވެސް އިރެއްގައި މިސް ޔުނިވަރސްގެ ޓައިޓަލް ހާސިލް ނުކުރޭ.. 1994ގައި މިސް ވަރލްޑްކަން ލިބުނު