Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަރަންޓުގައި ޖެހުނު ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި: އުނގޫފާރު ހޮސްޕިޓަލް

ކަރަންޓުގައި ޖެހުނު ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި: އުނގޫފާރު ހޮސްޕިޓަލް

ރ. އުނގޫފާރުގައި މަގުމަތީ ހުރި ހޮޅިދަނޑިއަކުން ކަރަންޓު ޖެހުނު 18 އަހަރުގެ ޒުވާނާގެ ހާލު ދެރަކަމަށާއި، އެ ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އެ ރަށު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން އާސިފް "ދެން" އަށް ވިދާޅުވީ ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލުގައި އެޑްމިޓްކުރި ޒުވާނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ.

އިތުރު ފަރުވާއަށް މާލެ ގެންދަން ޖެހިދާނެތޯ ސުވާލު ކުރުމުން އާސިފް ވިދާޅުވީ، ޒުވާނާ އަށް ބޭނުންވާ ފަރުވާ އެ ރަށު ހޮސްޕިޓަލުން ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ޒުވާނާއަށް ބޭނުންވާ ފަރުވާ ދިނުމުގައި ސްޕެޝަލިސްޓުން ހަރަކާތްތެެރިވަމުންދާ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީންނާ ލޯކަލް ގަވަމެންޓް މިނިސްޓްރީން އެ ޒުވާނާގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

ކަރަންޓުގައި ޖެހިގެން ދެ ކުއްޖަކަށްވެސް އެމެޖެންސީގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް