Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިނިވަން ދުވަހަށް ހާއްސަ ޝިއާރެއް ރައީސް ކަނޑައަޅުއްވައިފި

މިނިވަން ދުވަހަށް ހާއްސަ ޝިއާރެއް ރައީސް ކަނޑައަޅުއްވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރު ކަނޑައަޅައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އާދަން ނަސީރު ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަހުގެ ކަންތައްތަކުގައި ބޭނުންކުރައްވާނެ ޝިއާރެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅާފައިވާ ކަމަށެވެ. އެއީ "ދިވެހިންގެ އަމިއްލަވަންތަކަން, ދިވެހިންގެ މިނިވަންކަން" މިއެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ދުވަހެވެ.

Advertisement
HDC — Sidebar (box)

މިނިވަން ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ހަރަކާތްތައް ބާއްވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް