ޚަބަރު

އިންޑިއާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާ ސަފީރު

އިންޑިއާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ވީހާ ވެސް ގިނަ ގައުމުތަކާ އެކު، ވިޔަފާރީގެ ފަސޭހަ ގޮތްތައް ހޯދުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ.

ރާއްޖެއާކީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމަށް ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވާލައްވާފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ ގޮތުން، އިންޑިއާއާއި ރާއްޖެއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ވާހަކަ ދެކެވޭ ކަމަށާއި އެ ކަމަށް އިސްވެ ހުށަހެޅީ އިންޑިއާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 2004ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައިސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ނަމުގައި ގާއިމު ކުރި ކަމަށެވެ. އަދި މި އެއްބަސްވުން އަދިވެސް ދެމިއެބައޮތްކަން ސައީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ތުރުކީއާ ރާއްޖެއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. މިހާރު އެ އެއްބަސްވުމުގެ މަސައްކަތް އޮތީ ފަހުގެ މަރުހަލާގައި ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެ ގައުމަށް މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!