Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ބުރާސްފަތި ދުވަހު ރ. އުނގޫފާރުގައި މަގުމަތީ ހުރި ހޮޅިދަނޑިއަކުން ކަރަންޓު ޖެހުނު 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އޭނާ ކަރަންޓުގައި ޖެހިފައިވަނީ ކުޑަ ދެ ކުދިންނަތަކަކާއި އެކު ފެންގަނޑެއްގައި ކުޅެން އުޅުމުގެ ތެރޭގައި އެތަނުގައި މަގުބައްތިއަކުންނެވެ. އެނގިފައިވާ ގޮތުން ކަރަންޓުގައި ޖެހުނު އެ ކުޑަ ދެކުދިން ސަލާމަތްކުރީ އެ ޒުވާނާއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ހުސެއިން އާސިފް ވަނީ "ދެން" އަށް ވިދާޅުވީ، އެ ޒުވާނާ މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އާސިފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް