Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަރުވި މީހާ ގައިގައި ޖެހުނު ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފި

މަރުވި މީހާ ގައިގައި ޖެހުނު ލޯންޗު ދުއްވި މީހާ ހައްޔަރުކޮށްފި

އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ދިޔަ ލޯންޗަކުން ޖެހި އޭނާ މަރުވި ހާދިސާގައި ލޯންޗު ކެޕްޓަން ހައްޔަރުކޮށްފިއެވެ.

މަރުވެފައިވަނީ ފ. ފީއަލީ ފާނާ މަސްވެރިކަންކުރާ "ޓްވިންސް" ދޯނީގައި, އިތުރު ބަޔަކާއި އެކު މަހަށް ނިކުމެ އުޅުނު ބަންގްލަދޭޝްގެ މީހެކެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނީ އެ މައްސަލައާ ގުޅިގެން މަރުވި މީހާ ގައިގައި ޖެހުނު ލޯންޗު ދުއްވީ ދިވެހި ފިރިހެނެއްް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ފީއަލީ ކައުންސިލުގެ މެންބަރު އަހުޒަމް އަބްދުﷲ "ދެން" އަށް މިއަދު ވިދާޅުވީ، އެކަން ހިނގާފައިވަނީ ހެނދުނު 7:30 ހާއިރު ކަމަށެވެ. އަހުޒަމް ވިދާޅުވީ ދަނގެތި ކައިރީގައި ފާނަ މަސްވެރިކަން ކުރަން އުޅުނު, އެމީހާ ގައިގައި ޖެހުނީ މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗަކުން ކަމަށެވެ.

"ޖެހުނީމަ، އެ ލޯންޗުން އަޅާވެސް ނުލައި ދިޔައީ'' އަހުޒާމް ވިދާޅުވީ ޒަހަމްވި ބިދޭސީ މީހާ ނެގީ އެހެން ލޯންޗަކުން ކަމަށާއި ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް