ޚަބަރު

ކަރަންޓުގައި ޖެހުނު ޒުވާނާގެ ހާލަތަކަށް ބަދަލެއް ނާދޭ، އަދިވެސް އޮތީ ވެންޓިލޭޓަރުގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. އުނގޫފާރުގައި މަގުމަތީ ހުރި ހޮޅިދަނޑިއަކުން ކަރަންޓު ޖެހުނު 18 އަހަރުގެ ޒުވާނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން"އަށް މަޢުލޫމާތު ދެމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެ ޒުވާނާ މާލެ ގެނެސްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

އޭނާ ކަރަންޓުގައި ޖެހިފައިވަނީ ކުޑަ ދެ ކުދިންނަތަކަކާއި އެކު ފެންގަނޑެއްގައި ކުޅެން އުޅުމުގެ ތެރޭގައި އެތަނުގައި މަގުބައްތިއަކުންނެވެ. އެނގިފައިވާ ގޮތުން ކަރަންޓުގައި ޖެހުނު އެ ކުޑަ ދެކުދިން ސަލާމަތްކުރީ އެ ޒުވާނާއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނެތަފައެވެ.

މި ތިން ކުދިން ކަރަންޓު ޖެހިފައިވަނީ މަގުމަތީގައި ހުރި ބައްތިއަކުން މަގަށް ކަރަންޓު ލީކުވެފައި ހުރުމުގެ ސަބަބުންނެވެ. މި ހާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!