Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތިލަމާލެ ބްރިޖު މަޝްރޫއުގެ ބާރުމިނާ މެދު ހިތްހަމަޖެހޭ: މިނިސްޓަރު 

ތިލަމާލެ ބްރިޖު މަޝްރޫއުގެ ބާރުމިނާ މެދު ހިތްހަމަޖެހޭ: މިނިސްޓަރު 
މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމަށް އަޅާ ތިލަމާލެ ބުރިޖު މަޝްރޫއުގެ ބާރުމިނާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރް އާ އެެކު މަަޝްރޫއުގެ ސައިޓަށް ކުރެއްވި ޒިޔާރާތުގަަ އެވެ. ހައި ކޮމިޝަންގެ އިސް ބޭފުޅުންނާއި، މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޓެކްނިކަލް ޓީމްއާ އެކު ކުރެއްވި މި ޒިޔާރާތުގައި މިނިސްޓަރު ވަނީ މަޝްރޫއުގެ އަދާހަމަ ބައްލަވާލައްވާފަ އެވެ. އެގޮތުން:
  • މުޅި މަޝްރޫއުގެ %38.88 މަސައްކަތް ވަނީ ނިމިފަ
  • ތަނބުތަކުގެ ޕައިލިންގެ %66 ވަނީ ނިމިފަަ
  • އޭގެތެރެއިން ޕައިލް ކެޕްގެ %46 މަސައްކަތާއި ޕިއާ ކޮލަމްސްގެ %48 ވަނީ ނިމިފަ
  • ޑެކަށް ބޭނުންވާ ޕްރީކާސްޓް ސެގްމެންޓްސްގެ %31 ވަނީ ކާސްޓްކޮށް ނިމިފަ
  • މިހާތަނަ ވިލިމާލޭގަ 20 ސެގްމެންޓް ލޯންޗް ކޮށްފަވޭ
  • މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައިވަނީ މާލެއިން ގުޅީފަޅަށް، 31 މާޗް 2026 އަދި ގުޅީފަޅުން ތިލަފުއްޓަށް 30 ސެޕްޓެމްބަރު 2026 އަަށް
[caption id="attachment_226166" align="aligncenter" width="1280"]  [/caption] މި ޒިޔާރާތުގައި ދެނެގަނެވުނު ކަންކަމާ ގުޅިގެން މިނިސްޓަރު ވަނީ މަޝްރޫއުގެ މަަސައްކަތްތައް ކުރިއަށްދާ ބާރުމިނާމެދު ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. އަދި އިންޑިއާ ސަރުކާރާއި އެމްބަސީއ ގުޅިގެން ރަނގަޅަށް މަސައްކަތް ކުރިއަށްގެންދެވޭކަަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރާއި އެއްގޮތަށް ސަފީރުު ވެސް ވަނީ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް