ޚަބަރު

ހައްޖު ދުވަހަކީ މި މަހު 15، އީދަކީ މި މަހު 16

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހައްޖު ދުވަހަކީ މި މަހު 15 ކަމަށް އަދި އީދަކީ މި މަހު 16 ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ބުނީ އެ ގޮތަށް ނިންމީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމުގެ ސަބަބުން ރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް ކަމަށެވެ.

އެހެންވެ ރާއްޖޭގައި ވެސް މި ހިނގާ 1445 ވަނަ ހިޖުރީ އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ 7 ޖޫން، 2024 ވާ ހުކުރު ދުވަސް ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައްޖު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަސް ކަމަށާއި އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަހަރަށް ލަފާކޮށް އެކުލަވާލާ ހިޖުރީ ކަލަންޑަރާ އާންމުކޮށް އެއް ގޮތަށް ހަނދު ސާބިތު ވަމުން އައި ނަމަވެސް މި އަހަރުގެ ހައްޖު މަހުގެ ހަނދު މި ފެނުނީ އެއް ދުވަސް ކުރިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!