ޚަބަރު

ހައްޖު ކިއުގެ ބޭރުން އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ: ޝަހީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ހައްޖަށް ދާން ގިނަ ބަޔަކު ކިއުގައި ޖެހިފައި އޮއްވައި އެ ކިއު ފަޅާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައިދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރ މިފަދައިން ވިދާޅުވީ ގިނަ ބަޔަކު ހައްޖަށް ދާން ކިއޫގައި ޖެހިފައި ތިއްބާ ކިއުގެ ބޭރުން އެހެން މީހުންނަށް ޖާގަ ދޭކަމުގެ ޝަކުވާތައް އާންމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ޝަހީމް ވިދާޅުވީ ކުރިން އެ ކިއުއިން ޖާގަ ލިބެނީ 700 އެއްހާ މީހުންނަށް ކަމަށާއި ނަމަވެސް މިފަހަރު 1000އަށްވުރެ ގިނަ މީހުންނަށް ޖާގަ ދީފައިވާ ކަމަށެވެ.

ހައްޖު ކިއު ދިގުވެފައިވަނީ ކޮވިޑް ދުވަސްވަރު ދަތުރުތައް މަޑުޖެހިފައި އޮތުމުން ކަމަށާއި ރާއްޖެއިން ހައްޖަށް ދިއުމަށް ހުށަހަޅައި ލިސްޓު ތަރުތީބުގައި ހިމެނިފައިވަނިކޮށް އެ ތަރުތީބުން ބޭރުން އެއްވެސް މީހަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދީފައި ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

“ހަގީގަތް ގަބޫލުނުކޮށް މުއައްސަސާތަކުގެ އަގު ވައްޓާލަން އުޅުމަކީ ދެރަވަރު ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން 1150 މީހުން ޖުމްލަ ހައްޖަށް ދާނެ ކަމަށާއި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ 6 މަސްދުވަހުގެ އަމާޒުގެ ތެރެއިން ހާސިލްވެގެން މިދިޔައީ ވަރަށް މުހިންމު ކަމެއްކަމަށާއި އެޅިގެން މިދިޔައީ ވަރަށް މުހިންމު ބިންގަލެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

  1. ތި ވަރުގެ ތެދުފުޅެއް ހެއްދެވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ
    ތިކަން ގަބޫލުކުރާނީ ތިކަން ނޭގޭ މީހުން.