Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިނިސްޓަރު އާދަމް ޝަރީފް ބ. އަތޮޅަށް

މިނިސްޓަރު އާދަމް ޝަރީފް ބ. އަތޮޅަށް

ބ. އަތޮޅުގެ ބައެއް ރަށްތަކަށް ރަސްމީ ދަތުރެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތް ވަޒީރު އާދަމް ޝަރީފު އުމަރު ފައްޓައިފި އެވެ.

ކައުންސިލް މިނިސްޓްރީން ބުނީ، ވަޒީރު މިއަދު މެންދުރު ފަހު ފެއްޓެވި މި ދަތުރުގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ތުޅާދު، ހިތާދޫ، ފުޅަދޫ، ގޮއިދޫ، ކިހާދޫ، ފެހެންދޫ، އޭދަފުށި، މާޅޮސް, ކުޑަރިކިލި ، ދޮންފަނު، އަދި ދަރަވަންދޫ އަށް ކަމަށެވެ.

މި ދަތުރުގައި މިއަދު ވަނީ ތުޅާދޫ، ހިތާދޫ އަދި ފުޅަދޫއަށް ވަޑައިގަންނަވައި އެ 3 ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އަހާފަ އެވެ.

Advertisement
Allied — Dhen Online (box)

މި ދަތުރުގައި ބ. އަތޮޅުގެ ކަންތައް ބެލެހައްޓުމާ ހަވާލުވެ ހުންނަ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމާއި ވުޒާރާގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް