ބޮލީވުޑް މުނިފޫހިފިލުވުން

ސޮނާކްޝީގެ ކައިވެންޏަށް އާއިލާއިން ގަބޫލެއް ނޫން، އެކަމަކު މިމަހު ކައިވެނި ކުރަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް އެކްޓަރު ސޮނާކްޝީ ސިންހަ އާއި ލޯބިވެރިޔާ ޒަހީރް އިގްބާލް

ބޮލީވުޑް ބަތަލާ ސޮނާކްޝީ ސިންހަ އޭނާގެ އަލަތު ކައިވެންޏަށް ތައްޔާރުވެއްޖެ އެވެ.

Ads by Hajj Corporation

ސޮނާކްޝީގެ ކައިވެނީގެ ވާހަކަތައް ރަސްމީ ސިފައެއްގައި އޭނާ ކަށަވަރެއް ނުކޮށްދެ އެވެ. އެހެންނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިމަސް ތެރޭގައި އޭނާ ކައިވެނި ކޮށްފާނެ އެވެ.

ސޮނާކްޝީ ކައިވެނި ކުރަނީ ބޮލީވުޑް އެކްޓަރު ޒަހީރް އިގްބާލް އާއެވެ. ސޯޝަލް މީޑިއާގައި ލީކުވެފައިވާ އޯޑިއޯއެއްގައި ސޮނާކްޝީ އޭނާގެ ރަހުމަތްތެރިންނަށް ކައިވެނީގެ ހަފްލާއަށް ދައުވަތު ދެ އެވެ. މި އޯޑިއޯގައި ސޮނާކްޝީއާއި ޒަހީރްގެ އަޑުވެސް އިވެ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ކައިވެންޏަށްޓަކައި ކޯޓުގައި ތާރީހުވެސް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ތާރީހަކީ މިމަހު 23 ވަނަ ދުވަހެވެ.

ނުސީދާކޮށް ސޮނާކްޝީ ވަނީ އޭނާގެ ކައިވެނީގެ ވާހަކަ ނެޓްފްލިކްސްގައި މިދިޔަ މަހު އާންމުކުރި "ދަ ކަޕިލް ޝަރުމާ" ޝޯގައިވެސް ދައްކައިފަ އެވެ. އޭނާ ބުނީ ކައިވެނި ކުރަން މިހާރު ތައްޔާރުވެފައިވަ ކަމަށާއި ކައިވެނީގެ ގޮތުން ގުޅެނީ ކާކާ ކަން ގިނަ ބަޔަކަށް އެނގޭނެ ކަމަށެވެ.

ސޮނާކްޝީ އާއި ޒަހީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާކަމަށް އަޑު ފެތުރެ އެވެ. އަދި މިގުޅުމާއި އާއިލާއިން ހިތްހަމަ ނުޖެހޭ ކަމަށްވެސް ވެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސޮނާކްޝީގެ ބައްޕަ ޝަތުރުގަން ސިންހަ އާއި ބޭބެ ލަވް ސިންހަ މި ކައިވެންޏަށް ހާޒިރުވެސް ނުވެދާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!