Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުޑަހުވަދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް

ކުޑަހުވަދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް

ދ. ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓު ޖާދުﷲ ހަމީދު ކާމިޔާބުކޮށްފިއެވެ.

ޖާދުﷲ، ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ 200 އެއްހައި ވޯޓުގެ ތަފާތުންނެވެ. ޖާދުﷲ ވަނީ 826 ވޯޓް ހޯދާފައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޖަމީލަށް ލިބުނީ 624 ވޯޓެވެ.

ކުޑަހުވަދޫގެ އިތުރުން ލ. ގަމު ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމަށް ވެސް އިއްޔެ ވަނީ ބައި އިލެކްޝަން ބާއްވާފައެވެ. އެ ބައި-އިލެކްޝަން 894 ވޯޓު ހޯދައިގެން ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަފްޒަލް ޖައުފަރެވެ. އޭނާއާ ވާދަކުރި ކޮންގްރެސްގެ ކެންޑިޑޭޓް އަލީ ނަސީރަށް ލިބުނީ 644 ވޯޓެވެ.

Advertisement
Ooredoo — Square (box)

މ. މުލަކު ކައުންސިލުގެ އަންހެން މެންބަރު ކަމަށް 336 ވޯޓާއެކު ރީމާ ހުސެއިން ވަނީ ކާމިޔާބުކޮށްފައެވެ. އޭނާއާ ވާދަކުރި ކޮންގްރެސްގެ މިޒްނާ ތައުފީގަަށް ލިބުނީ 282 ވޯޓެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް