Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހޯމަ ދުވަހު ހައްޖުވެރިން އަނބުރާ ރާއްޖެ އަންނަނީ

ހޯމަ ދުވަހު ހައްޖުވެރިން އަނބުރާ ރާއްޖެ އަންނަނީ

ހައްޖުގެ މަތިވެރި އަޅުކަން ނިންމާލުމަށް ފަހު ރާއްޖޭއިން ދިޔަ ހައްޖާޖީން އަނބުރާ ރާއްޖެ އައުމަށް ތައްޔާރުވެއްޖެެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ހައްޖާޖީންގެ ފުރަތަަމަ ގްރޫޕު އަންނަ ހޯމަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހާއި، އަންނަ މަހުގެ އެއްވަނަ ދުވަހާއި، ހަތަރުވަނަ ދުވަހު ހައްޖާޖީންގެ ގްރޫޕް ރާއްޖެ އަންނަން ތައްޔާރު ވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނިގޮތުގައި މިހާތަނަށް ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ނިޔާވީ އެއް ދިވެއްސެކެވެ. އަދި މިވަގުތު އެއް ހައްޖުވެރިއަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ކޯޕަރޭޝަނުން ބުނެއެވެ.

Advertisement
Ooredoo — Truecaller (box)

ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން އާންމު ގޮތެއްގައި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މި އަހަރު ރާއްޖެ އަށް ވަނީ 1،150 ހައްޖު ކޯޓާ ލިބިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް