މޫސުން ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.
މި އަތޮޅުތަކައް ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 08:15 އިން 13:00 އަށެވެ.
މިވަގުތުގައި، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާއިން ފެށިގެން މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށްވެސް މޫސުން ގޯސްވާނެ ކަމަށެވެ.
Ads by HDC