ޚަބަރު

ހައްޖުވެރިން މާދަމާ އަންނަން ފަށާނެ، ބަލިތަކުން ރައްކާތެރިވާން އިލްތިމާސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާތީ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފިއެވެ.

Ads by MWSC

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހައްޖުން އަންނަތާ 14 ދުވަސް ތެެރޭ ގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށްް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރި ނުކުރުމަށްްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހައްޖުވެރިން ރާއްޖެ އަންނަ ދުވަސްތަކަކީ 24 ޖޫން، 28 ޖޫން، އަދި 01 ޖުލައި 04 ޖުލައި އެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 1،150 ކޯޓާ އެވެ. އޭގެ ތެރޭގްއި ހިމެނެނީ ރަސްމީ ކޯޓާގައި ދިޔަ 1000 މީހުންނާއި އިތުރަށް ލިބުނު ކޯޓާގައި ދިޔަ 150 މީހުންނެވެ. ހުރިހާ ކޯޓާއެއްވެސް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ އެކަކު ވަނީ ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!