ޚަބަރު

އައްޑޫ ކޮމްޕްލެކްސް މަސްވެރިންގެ ބާރުގެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު!

އައިކާ ޔުނާން ، ދެން އޮންލައިން
އޭއެފްސީގެ މުވައްޒަފުން ބޭރުގައި ސަތަރި އަޅައިގެން ނިދާފައި--

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގެ އޮޕަރޭޝަންތައް ހުއްޓުވައި, މުވައްޒަފުން އެ ތަނުން ނެރެ، އެ ސައިޓު އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު މަސްވެރިން ދީފިއެވެ.

Ads by MWSC

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާއާ ގުޅީގެން މިފްކޯއިން މިއަދު ބުނީ މިއަދު ހަވީރު ހަތަރެއްގެ ފަހުން މުޅި ކޮންޓްރޯލް ނަގާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި އިއްޔެގެ މުޒާހަރާގައި މުވައްޒަފުންގެ ކެންޓީން ބަންދުކޮށްފައި ވަނިކޮށް، ކުޑަދޮރުން ވަދެ އެ ތަނުގައި ހުރި ފުޑް ސަޕްލައި މަސްވެރިން ވަނީ ބޭނުން ކޮށްފައިވާ ކަމަށާއި އެކަމޮޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުން މުވައްޒަފުން ނިދަން ޖެހުނީ ބޭރުގަ ސަތަރި އަޅައިގެންނެވެ.

ކަރަންޓު ނެތުމުގެ ސަބަބުން މުވައްޒަފުންގެ އެހެނިހެން ޒަރޫރީ ހައްގުތަކަށް ވެސް ބުރޫއަރާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނި ގޮތުގައި ފިޝަރީސް ކޮމްޕްލެކްސްގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ނަމަވެސް، މުޒާހަރާ އަށް އެއްވެސް ހުރަހެއް އަޅާފައި ނުވެ އެވެ.

އައްޑޫ ކޮމްޕްލެކްސްއިން އިއްޔެ ކަރަންޓު ކަނޑާއަލުމަށް ފަހު އަލުން ކަރަންޓު ދިން ނަމަވެސް, މުދަލާއި މުވައްޒަފުންނަށް ގެއްލުން ދޭނެ ކަމުގެ އިންޒާރާއެކު އަލުން ކަރަންޓު ކަނޑާލީއެވެ.

މަސްވެރިން ކުރަމުން އަންނަ މުޒާހަރާގައި ޑިމާންޑު ކުރަމުން އަންނަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމާ ހަމައަށް އޭއެފްސީގެ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް އަދި ކެފެޓީރިއާގެ ކަރަންޓު ކަނޑާލާފައި ބެހެެއްޓުމަށެވެ.

މަސްވެރިންނަށް ދޭން ޖެހޭ 46 މިލިއަން ދޫކޮށްފައިވާ ކަމަށާއި ބާކީ ފައިސާ ވީ އެންމެ އަވަހަކަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.

އޭއެފްސީއަކީ 100 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ފެކްޓަރީއެކެވެ. އޭގެ ތެރެގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ވެސް ހިމެނެއެވެ.

މިފްކޯއިން ވަނީ މަސްވެރިންގެ މުޒާހަރާތަކުގައި މުވައްޒަފުންގެ އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ އަދި ހައްގުތަކަށް ހުރަސް ނޭޅޭނެ ގޮތަށް ސުލްހަވެރިކަމާއެކު މުޒާހަރާ ކުރިއަށް ގެންދިއުަމށް އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!