Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފޯ ސީޒަންގެ އެޕްރަންޓިސްޝިޕް ޕްރޮގްރާމުން 49 ދަރިވަރުން ދަސްވެނިވެއްޖެ

ފޯ ސީޒަންގެ އެޕްރަންޓިސްޝިޕް ޕްރޮގްރާމުން 49 ދަރިވަރުން ދަސްވެނިވެއްޖެ

ފޯ ސީޒަންސް ރިސޯޓްސްގެ އެޕްރެންޓަސްޝިޕް ޕްރޮގްރާމުން 49 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެ ދަރިވަރުންނާއި ސެޓްފިކެޓް ހަވާލުކުރީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ވަނީ ފުޑް އެންޑް ބެވަރޭޖް، ހައުސްކީޕިން އެންޑް ގެސްޓް ސަރވިސަސް، ރީޓެއިލް، ފްރޮންޓް އޮފީސް، މެރިޓައިމް ޓްރާންސްޕޯޓް، އިންޖިނިއަރިން، ޑައިވިން،، އަދި ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ދަސްވެނިވެފަ އެވެ. މި ޕްރޮގްރާމްގައި 34 ރަށަކުންނާއި 15 އަތޮޅުން 229 ދަރިވަރުން  ބައިވެރިވެގަ އެވެ. އެއް އަހަރު ދުވަހަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ފުރިހަމަކުރި 12 ދަރިވަރުން ފްރޮންޓް އޮފީސް އަދި އިންޖިނިއަރިންގެ ދާއިރާއިން ތަމްރީނު ހެދުމަށް ފޯ ސީޒަންސް އަށް ފުރާނެ އެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފޯ ސީޒަން ކުޑަ ހުރައާއި ފޯ ސީޒަން ލަނޑާ ގިރާވަރުގައެވެ.
މިއީ މި ޕްރޮގްރާމް ކުރިއަށްގެންދާތާ 23 ވަނަ އަހަރެވެ. ކުރިއަށް އޮތް ބެޗުގައި 70 ކުދިން މި ތަމްރީނު ފުރިހަމަ ކުރާނެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް