ޚަބަރު

މަސްވެރިންގެ އިހުތިޖާޖު ގަބޫލެއް ނުކުރަން، އެއީ ބަޔަކު ރާވައިގެން ކުރާ ކަމެއް: ޝާޑު

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ އަތޮޅު ހުޅުދޫ-މީދޫގައި ހުންނަ މަސް ފެކްޓަރީ ކައިރީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ގަބޫލު ނުކުރަައްވާ ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝާޑު މިފަދައިން ވިދާޅުވީ، މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އެންމެ ފަހު ވަގުތު މަސް ކިލޯއެއްގެ އަގު 25ރ. އަށް އުފުލުމުން އެކަމުގެ ބުރަ އުފުލަން ޖެހެނީ މިހާރުގެ ސަރުކާރުން ކަމަށެވެ. އަދި އިންތިގާލީ މަރުހަލާގައި ވެސް ނިމިދިޔަ ސަރުކާރުން ކަންތައް ކުރެެއްވީ ވަރަށް އިހާނާތްތެރިކޮށް ކަމަށާއި މި ސަރުކާރު އައީ 250 މިލިއަން ރުފިޔާގެ ބުރަ އުފުލައިގެން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރަށް 8 މަސް ވެސް ނުވަނީސް 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށާއި އައްޑޫގެ ރައްޔިތުން ހުޅުދޫގައި ހަދާފައިވާ މަސް ފެކްޓްރީގައި ކުރަމުންދާ އިހުތިޖާޖު ބަލައި ނުގަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ އީދު ބަންދު އައުމުގެ ކުރިން އައްޑޫ ހިމެނޭހެން މުޅި ރާއްޖޭގެ މަސްވެރިންނަށް މިފްކޯއިން ފައިސާ ދޫކޮށްފައިވުމެވެ.

"އައްޑޫގެ މަސްވެރިން ހުޅުދޫ މީދޫގައި ހެދިފައިވާ މަސް ފެކްޓަރީގައި ކުރަމުންދާ އިހުތިޖާޖަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ, ގަބޫލުކުރުމެއް ނޫން," ޝާޑު ވިދާޅުވިއެވެ.

ޝާޑު އިތުރަށް ވިދާޅުވީ މަސް ފެކްޓްރީގެ ކަރަންޓު ކަނޑާލުން ވެސް ބަލައި ނުގަނެވޭ ކަމަށާއި އެ ފެކްޓްރިގައި 300 ޓަނުގެ މަސް ރައްކާކޮށްފައިހުރި ކަމަށެވެ. އެއީ އިހުތިޖާޖު ކުރުން ނޫން ކަމަށާއި އެ ކަމަކީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.

Ads by HDC
  1. ޙަސަން

    ތީފައިސާ ހޯދަން މީހުން އުޅޭ ގޮތެއް ނޫން ސަރުކާރައް ފުރައްސާރަ ކުރާމީހުން އުޅޭހެން ތިއުޅެނީ.

  2. ހަސންބެ

    ބަލަގަ ކަލޭ ނުރުހުން ވިއަސް ރައިޔިތުން ހައްގު ހޯދަން ނިކުންނާނެ ނޫންތަ ކަލޭގެ ވެސް ތިހިރީ އެގޮތައް ހައްގު ހޯދައިގެން އައިސް ރައިޔިތުންނަައް ހަޅޭ ލަވަން ލަދެއް ވެސް ނުގަނޭ ދޯ ކަލޭމެން