ޚަބަރު

ޔާމީންގެ ގޮތް އިނގޭތީ، މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވިން: އަބްދުއްރަޙީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ކުރީގެ ރައީސް, ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ގޮތް އެނގިވަޑައިގަންނަވާތީ, ރިޔާސީ އިންތިޚާބުގެ ޓިކެޓް މިހާރުގެ ރައީސް, ރައީސް ޑރ. މުޢިއްޒަށް ދެއްވުމަށް ވިސްނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަބްދުއްރަހީމް ޗެއަރ ކުރައްވަމުން ގެންދަވާ, ޕީއެންސީގެ މައި ޖަހަގަ ހުޅުވުމަށް ބޭއްވި ޖަގަހަ ޖަލްސާގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ވިދާޅުވީ, އެމަނިކުފާނު ރަައީސް ޔާމީންނާއެކު ކުރެއްވި 30 އަހަރު ދުވަހުގެ ދިގު ތަޖުރިބާއާއެކު, އެމަނިކުފާނަށް ވާދަ ނުކުރެވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރައްވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެކަން ސުޕްރީމް ކޯޓުން ނިންމުމާއެކު, އިންތިޚާބުގައި ބައިވެރިނުވެ, އިންތިޚާބު ބޮއިކޮޓް ކުރަން އޭރުގެ އިދިކޮޅަށް ރައީސް ޔާމީން އެންގެވިއެވެ. ނަމަވެސް އޭރު އިދިކޮޅު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަޙީމް ވަނީ, ލީޑަރޝިަޕް ބައްދަލުވުމެއް ބާއްވާ އިންތިޚާބުގައި ބައިވެރިވާން ފެނޭތޯ ވޯޓެއް ނަންގަވާފައެވެ. އަދި އެތެރޭގެ އިންތިޚާބެއް ބާއްވާ ޕާޓީގެ ޓިކެޓް ރައީސް މުއިއްޒަށް ވަނީ އަރުވާފައެވެ.

"އެބަ ވިދާޅުވީ ރައީސް މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވީއޭ, މާކުރިން ރޭވީމޭ, އެއީ ރައީސް ޔާމީންގެ ގޮތް އިނގޭތީ" އޭރު ކަން ހިނގައި ދިޔަ ގޮތް ވަރަށް ފޯރީގައި ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އަޅުގަނޑު ވިސްނަމުން ގެންދިޔައީ ޕާޓީ ބިޔަވެ, މަގުމަތި ނުވާނެ ގޮތެއް

އަބްދުއްރަހީމް ވިދާޅުވީ, "އޮޕްޝަން އޭ, ބީ, ސީ" ގެންދިޔަ ކަމުގައި ވިޔަސް, ރައީސް ޔާމީނަށް އިންތިޚާބުގައި ކުރިމަތި ނުލެއްވޭނަމަ އެމަނިކުފާނަށް ރަނގަޅު ގޮތެއް ނޯންނާނެކަން އިނގިވަޑައިގަންނަވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!