ޚަބަރު

ކިތަންމެ ވަރަކަށް ދޮގު ވާހަކަ ދެއްކިޔަސް ކުރުސީ ދެކެ ބިރެއް ނުގަނޭ: ފަލާޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓްވިޓާގައި "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުން އަންނަ ހޭންޑަލްގައި ކިތަންމެ ވަރަކަށް ދޮގު ވާހަކަ މި ސަރުކާރާ ދެކޮޅަށް ފެތުރިޔަސް, އެކަމާ ޖެހިލުން ނުވާ ކަމަށް ސަރުކާރުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ފަލާޙް މިހެން ވިދާޅުވީ, ސަރުކާރުގެ މައި ޖަހަގަ, "ހައުސް އޮފް ޕީއެންސީ" ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ޓްވިޓާގައި މަޝްހޫރު ހޭންޑަލްއަކީ މިދިޔަ ސަރުކާރުގައި ވެސް ސަރުކާރުގެ ގިނަ ކަންކަމަށް ފާޑު ކީ ފަރާތެކެވެ. ސަރުކާރު ބަދަލުވުމުން ވެސް މިި ސަރުކާރަށް ފާޑު ކިޔާ, ތަފާތު އެކި ޕްރޮޕެގެންޑާތައް މި ހޭންޑަލް އިން ދަނީ ފަތުރަމުންނެވެ. ކުރުސީގެ ޓްވިޓާ ހޭންޑަލްގައި 24 ހާސް ފޮލޯވަރުން ތިބެއެވެ.

ކުރުސީގެ އެކައުންޓުން ރައީސުލްޖުމްހޫރިއްޔާ އަށާއި, ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ތަފާތު އެކި ވާހަކަތައް ދައްކައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާޙް ވިދާޅުވީ. "ހަސަން ކުރުސީ ވިޔަސް ކުރުސީ ހަސަނަކަސް" މި ސަރުކާރުގެ ވެރިން ޖެހުލުންވާނެ މީހަކު ނުހުންނާނެ ކަމަށެވެ.

އެގޮތުން, އެ ހޭންޑަލް އިން ފަތުރަނީ ދޮގު ކަމަށާއި ފަހަތުގައި އަޅުވާލައިގެން އުޅުނަސް ހެއްކާއެކު ކަމެއް ހާމަ ނުކޮށްދޭ ކަމަށް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ ފާޑު ފާޑުގެ ހޭންޑަލްތަކުން ދޮގު އަނބުރަމުން ދަނީ ކުރީ ސަރުކާރުގެ ވައްކަމާއި ޚިޔާނާތުގެ ވާހަކަތައް ދައްކާތީ ކަމަށެވެ.

"ވަރަށް ބައިވަރު ދޮގު ގޯނި ގޯންޏަށް ލާފައި މަގުމަތީގައި ހިނގަނީ, އެ އަޑު އަހާ ބަޔަކަށް ކިޔައިދެމުން" ފަލާޙް ވިދާޅުވިއެވެ.

ކުރުސީ ދެކެ ބިރު ނުގަންނާނެ ކަމަށް ފަލާޙް ވިދާޅުވުމުން ކުރުސީ ވަނީ ފަލާޙް ކަމަށް ބުނެ އެހެން މީހެއްގެ ފޮޓޯތަކެއް ދައުރުކުރަން ފަށާފައެވެ. ކުރުސީއަކީ އާއްމު ގޮތެއްގައި ވަކި މީހަކާ ޖައްސާލައިގެން ތަފާތު ދޮގު ފަތުރަމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!