ކުރީ ސަރުކާރުން ސިއްހީ ދާއިރާގެ ކަންކަން ކުރީ ލޫޓުވާ އުސޫލުން: އިއްބެ
މީގެ ކުރިން އައި ސަރުކާރުތަކުން ސިއްހީ ދާއިރާގެ ކަންކަން ކޮށްފައި ވަނީ އެއްވެސް ހެޔޮ ނިޔަތެއް ނެތި ލޫޓޫވާ އުސޫލުން ކަމަށް ފުވައްމަލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން (އިއްބެ) މިއަދު ވިދާޅުވެއްޖެއެވެ.
ސިއްހީ ހިދުމަތުގެ ގާނުނަށް އިސްލާހު ގެނައުމަުމުގެ ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ, އާސަންދަ ހިދުމަތް ކުރިއަށް ގެންދަނީ ބޮޑެތި އިސްރާފުތަކަށް މަގުފަހިވާނެ ގޮތަށް ކަމަށާއި އެކަމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
"އާސަންދަ އެބަޖެހޭ ކެޓަގަރައިޒްކޮށްފައި ބަދަލުކުރަން. ކުންފުނިތަކުން އިންޝުއަރެންސަށް ކުރާ ހޭދަ އެބަ ޖެހޭ ބަދަލުކުރަން. އާސަންދައަކީ ޕްރައިމަރީ އެކައުންޓަކަށް ވެގެން ނުވާނެ," އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ, އޭނާ ނިސްބަތްވާ ފުވައްމުލަކުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެނީ އެއްވެސް ދެކޮޅު ޖެހޭ ނިޒާމަކުން ނޫން ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ރަށުން ހިދުމަތް ނުލިބޭތީ ބަލި މީހުން މާލެ ގެންނަން ބޮޑު ހޭދައެއް ކުރަން ެޖހޭއިރު އެއީ އިސްރާފެއް ގޮތުގައި ސިފަކުރައްވައި އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލުގައި ބަހައްޓަން ނިންމި ސްކޭން މެޝިން ވެސް އާ ހޮސްޕިޓަލު އިމާރާތެއްގައި ނޫނީ ނުބަހައްޓަން ނިންމި ނަމަވެސް އެކަމުގައި އެއްވެސް އަމަލީ ސިފައެއް ޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނިމިދިޔަ ސަރުކާރު ނިމުނުއިރު ވެސް އެ ހޮސްޕިޓަލެއް އެޅިގެން ނުދޭ.އަދި ސްކޭން މެޝިނެއް ވެސް އެ ތަނުގައި ނުބެހެއްޓުނު." އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމަލީ ސިފައެއް ނުގެނެސް ކުރިއަށް ގެންދިޔަ ގެންދިއުން މިއަދު ތަހައްމަލު ކުރަން ޖެހިފައި އޮތް އިރު މިއަދު އެ މެޝިން މިހާރު ވެސް ހުރި އިމާރާތުގައި ބަހައްޓައިގެން ހިދުމަތް ދޭން މި ސަރުކާރުން ފަށާފައިވާ ކަމަށެވެ.
”ކުރީގެ ސަރުކާރުތަކުން ދެއްކީ ހަމަ ހޮޅި ވާހަކައޭ. އަމަލީ ސިފައެއް ގެންނާކަށް އެ ބޭފުޅުން ބޭނުމެއް ނުވޭ. ސިއްހީ ނިޒާމު ކަމަށް ވިޔަސް ހަމަ ލޫޓުވާ އުސޫލުން ކަންކަން ކުރަމުން ގެންދިޔައީ,“ އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ބަދަލުގައި މި ސަރުކާރުން މިހާ އަވަހަށް މިކަންކަން ބަދަލު ކުރަން މަސައްކަތް މި ފެށީ ހެޔޮ ނިޔަތުގައި ބަދަލެއް ގެނައުމުގެ ވިސްނުން ހުރިކަން ހާމަވާ ކަމެއް ކަމަށެވެ.
މިސަރުކާރުގަ ޚާއްސަ އެހީ އައް ބޭނުންވާ
މީހުންނައް ވެސް އާސަންދަ ނުލިބިގެން އުލެންމިޖެހެނީ. ސޭޑު ލައިފް