ޚަބަރު

ސިޔާސީ މަގާމުތައް އަމީރަށް މިހާރު ގިނަ

ރައުފާ ރަޝީދު ، ދެން އޮންލައިން

700 ގައި ހުރި ސިޔާސީ މަޤާމްތައް މިހާރު ހުރީ 2000 އަށް ވުރެ މަތީގައި ކަމަށް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަމީރު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު ވެރިކަމަށް ވަޑައިގެން ފައިސާ ޗާޕުކުރުން ހުއްޓާލައި އަދި ރާއްޖެ އަށް ގެއްލުންވާ ގޮތަށް ބޮޑެތި އިންޓްރެސްޓް ރޭޓުގައި ބޮޑެތި ލޯނުތައް ނުނަގައި މިހާތަނަށް އަމިއްލަ ކުންފުނިތަކަށް ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އަމީރު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބަޖެޓުން ޚަރަދުކޮށްފައިވަނީ 18 ބިލިއަން ރުފިޔާ ކަމަށާއި މުސާރަ އަށް ޚަރަދު ކޮށްފައިވަނީ 5 ބިލިއަން ރުފިޔާ ކަމަށެވެ.

އަދި އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ޚަރަދަށް އެކަނިވެސް 200 މިލިއަން އިތުރަށް ޚަރަދުކޮށްފައިވާ ކަމަށާއި މުސާރަ އާއި ދަައުލަތުގެ ހިންގުމުގެ ޚަރަދަށް އެކަނި 600 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.

“700 ގައި ހުރި ސިޔާސީ މަޤާމްތައް މިހާރު ހުރީ 2000 އަށް ވުރެ މަތީގައި” އަމީރު ވިދާޅުވިއެވެ.

އަމީރު މިފަދައިން ވިދާޅުވެފައިވާއިރު ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް މި ހަތް މަސް ތެރޭގައި ދެއްކި ހަތަރު ބިލިއަން ރުފިޔާގެ އިތުރުން މިހާތަނަށް ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް ވެސް ހަތް ބިލިއަން ރުފިޔާ ދައްކައި ހަލާސް ކޮށްފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!