Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަގުމަތި ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދަން ޕްރޮގްރާމެއް ފަށަން ކެބިނެޓުން ފާސްކޮށްފި

މަގުމަތި ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދަން ޕްރޮގްރާމެއް ފަށަން ކެބިނެޓުން ފާސްކޮށްފި

ގްރޭޓާ މާލެ ސަރަހައްދުގައި، މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޕްރޮގްރާމެއް ފަށަން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

"މާލެ ފަހި ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ހިންގަން ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ.

ރައީސް އޮފީހުން ބުނީ، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ޓްރާންސްޕޯޓުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު ކެބިނެޓްގެ ލަފާއާ އެއްގޮތަށް އެ ޕްރޮގްރާމް ތަންފީޒުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭންއެއް އެކުލަވާލައިގެން އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މާލޭގައި ވެހިކަލްތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދަން ހުރިހާ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކުރެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް