ސަރުކާރުގެ އިމާރާތްތައް ހިމެނޭހެން މާލޭގައި 50 ޑްރަގު އައްޑާ
ސަރުކާރުގެ ބައެއް އިމާރާތްތައް ހިމެނޭހެން މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާ 50 އައްޑާއެއް މާލެއިން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީގައި މިއަދު އިހުސާން ވިދާޅުވީ, މާލެއިން މިހާތަނަށް ފާހަގަކުރެވިފައިވަނީ 50 އައްޑާ ހިމެނޭ ކަމަށެވެ.
"މީގެ ތެރޭގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި އަދި އާންމު ފަރާތްތަކުގެ އިމާރާތްތަކެއް އެބަހުރި، މީގެ ތެރޭގައި ގިނައީ ވެކެންޓުކޮށް ތަންތަނުގެ ގޮތުގައި ހުރި ތަންތަނުގެ އިތުރުން ފަޅުގެ ގޮތުގައި ހުރި ތަންތަން," އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މި ތަންތަނަށް ފުލުހުން ވަދެ ފޮޓޯ ނަގައި އެސެސްމެންޓު ހަދަމުން އަންނަ ކަމަށެވެ.
އައްޑާތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ސަރުކާރުގެ ތިން އިމާރާތެއް ތަޅާލުމުގެ ހުއްދައަށް މިހާރު އެދިފައިވާ ކަމަށާއި ހުއްދަ ލިބުމާއެކު އެ މަސައްކަތް ފަށާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ ބައެއް އަމިއްލަ ގޭގެ ތަޅާލުމުގެ ހުއްދަ ވެސް ހޯދަމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ މި މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ ޑްރަގް ސަޕްލައި ރިޑަކްޝަން އަށް ކުރާ މަސައްކަތް ހުއްޓުވިގެން ކަމަށާއި އެކަމަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތަންތަންތެޅުމުންއެކަންހުއްޓުވުނީކީއެއްނޫން ބައެއްއިސްލާމީގައުތަކުގައިޑުރަގުގެވިޔަފާރިކުރާމީހުންމަރަންގާނޫނުހެދިފައިވާއިރުމި 100/%މުސްލިމުގައުމެއްގައިމަރަންގާނޫނު ނުހެދެންވީކީއްވެ ސަރުކާރުގެބޮޑުންކުރާތީތަ
ޤާނޫނު ހެދުމުގެ ބޭނުމަކީ އެގާނޫނެއް ތަންފީޒްކުރުން ތަންފީޒް ނުކުރެވޭ ޤާނޫނެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ؟ޤިސާސް ހިފުމަށް އިލާހީ ޤާނޫނެއް އޮއްވާވެސް މިގައުމުގަ ވަލުޢީ ޤާނޫނެއް ފާސް ކޮއްފަ އެބައޮތް އެއަށް ދުވަހަކު ޢަމަލެއް ނުކުރެވޭ ޙުކުމާ ހިސާބުން ޗޭނުޖެހި ކަސްތޮޅު އެޅެނީ އެއީ މައްސަލައަކީ މުސްލިމް ނޫން ގައުމުތަކުގަވެސް މަރަށް މަރުހިފާ މިގައުމުގަ ވާކަމެއް ޙަރާމް