ޚަބަރު

ފުވައްމުލަކުގައި ފުލުހުން ހިންގާ ޑްރަގް އޮޕަރޭޝަނަށް ހުރަސް އަޅައި ހަމަނުޖެހުމެއް

އަލީ ސަމާޙް ، ދެން އޮންލައިން

ފުވައްމުލަކު ސިޓީ ގައި ފުލުހުން ހިންގަމުންދާ ޑްރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސް އަޅައިފި އެވެ.

Ads by STELCO

މިކަމެއް ހިނގާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ޑްރަގް އޮޕަރޭޝަން ހިންގީ އެ ރަށު ދޫނޑިގަމް އަވަށުގަ އެވެ. ކޯޓު އަމުރުގެ ދަށުން ޑްރަގުގެ މައްސަލަތަކެއްގައި ތުހުމަތުވާ ދެ މީހަކު ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރުމުން ޒުވާނުންތަކެއް ވަނީ ފުލުހުންނަށް ހުރަސްއަޅާފަ އެވެ.

އެހެންވެ ފުލުހުންނާއި އެ މީހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގީ ކަމަށް ދޫނޑިގަމް އަވަށުން "ދެން"އާ ވާހަކަ ދެއްކި މީހަކު މައުލޫމާތުދިނެވެ. އެ ހަމަނުޖެހުންތަކުގައި މީހަކަށް އަނިޔާވިކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެކަމަކު މިހާރު ހަމަނުޖެހުން ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސްއަޅާފައިވާ ކަމަށެވެ. އެކަމާއި ގުޅޭ މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!