ޚަބަރު

ބަކާގެ ޖަނާޒާ އިސްލާމީ މަރުކަޒަށް، ވަޅުލުން ގަލޮޅު ސަހަރާއަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ޝަހުސިއްޔަތު އަހުމަދު އާރިފް (ބަކާ) ގެ ކަށު ނަމާދު ކުރުން އިސްލާމީ މަރުކަޒަށް ސަރުކާރުން ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

މިރޭ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ފެސަބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިފައިވަނީ ބަކާގެ ޖަނާޒާ އިސްލާމިކު މަރުކަޒުގައި ބޭއްވުމަށް ތައްޔާރުވަމުންއަންނަކަމަށެވެ.

މީގެ ކުރިން ބަކާގެ ޖަނާޒާ ބާއްވާގޮތަށް ހަމަޖެއްސީ އާންމުކޮށް ޖަނާޒާތައް ބާއްވަމުންއަންނަ ހުޅުމާލޭ ސަހަރާ މިސްކުތުގައެވެ.

މީގެ އިތުރުން ކުރިން ބަކާ ވަކާގެ ހަށިގަނޑު ވަޅުލަން ހުޅުމާލެ ސަހަރާ ހަމަޖެއްސުމަށްފަހު ވަޅުލުން ވަނީ ގަލޮޅު ސަހަރާއަށް ބަދަލުކޮށްފައެވެ. ނަމަވެސް ކުރިން ކަނޑައެޅިގޮތަށް ކަށުނަމާދުކުރާނީ ފަތިސް ނަމާދަށް ފަހުގައެވެ.

ބަކާ ނިޔާވެފައިވަނީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ މެނެންޖައިޓިސް ޖެހިގެން ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ދެން އޮންލައިން" އަށް ކަށަވަރުކޮށްދީފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އައިތަނާހެން ގަދަ ހުމެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބަކާ އެޑްމިޓްކުރި އެވެ.

ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ބަކާ ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ.

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. އެކަމަކު ދާދި ފަހުން ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް މާލޭގައި ކުރިއަށް ދިޔަ ސެވަން އަ ސައިޑް މުބާރާތެއްގައި އޭނާ ކުޅުނެވެ.

ރާއްޖެއަށް ފުޓުބޯޅަ ތާރީހުގައި ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީ ކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކުރި ގައުމީ ޓީމުގެ ސްކޮޑުގައި ބަކާ ހިމެނެ އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!