Sunday, 15 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިނިސްޓަރ ޒަމީރު ބްލިންކިން އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ ޒަމީރު ބްލިންކިން އާއި ބައްދަލުކުރައްވައިފި
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު މިނިސްޓަރ ޒަމީރު އެމެރިކާއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން އެމެރިކާގެ ވޮޝިންގޓަންގައި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާކުރުމާއި، އިގްތިސާދީ ކުރިއެރުމަށް އަޒުމް ކަނޑައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުން ހިމެނެއެވެ.

ސެކްރެޓަރީ ބްލިކްކެން ވަނީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވައިފައެވެ. އަދި މި ބައްދަލުމުގައި މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަށް އެމެރިކާ އިން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. މިދިޔަ ހޯމަ ދުވަހު އެމެރިކާއަށް ފެއްޓެވި ދަތުރުގައި މިނިސްޓަރު ޒަމީރު އިއްޔެ ވަނީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ވެސް ބައްދަލުކުރައްވާއެވެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.