ޚަބަރު

މިފްކޯއަށް ސީއީއޯއަކު ހޯދަން އިއުލާނުކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް އާ ސީއީއޯއަކު ހޯދަން އިއުލާނުކޮށްފިއެވެ.

Ads by STELCO

ޕީސީބީއިން މިއަދު ކުރި އިއުލާނުގައި ބުނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯއަށް ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަގާމަށް މީހަކު ހޮވުމުގައި ގާބިލްކަމާއި ތަޖުރިބާއަށް ބަލާނެ ކަމަށާއި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ.

ކުންފުންޏެއްގެ ސީއީއޯއަކަށް މީހަކު ހޯދަން ޕީސީބީއިން އިއުލާނުކޮށްފައި މިވަނީ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން މަގާމުތަކަށް އައްޔަން ކުރަނީ ސަރުކާރުން ފޮނުވާ ނަންތަކެވެ.

މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވީ އަހްމަދު ޝަމާހު ޕީސީބީން މިދިޔަ މެއި މަހު 21 ވަނަ ދުވަހު ވަކިކުރުމާ ގުޅިގެންނެވެ.

ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18، ގައެވެ. އެ މުއްދަތު ހަމަވާތީ ފަހުން ވަނީ  މުއްދަތު އިތުރުކޮށްފައެވެ. މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ 12 ކަމެއް ތުހުމަތުކޮށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!