Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ދުބާއީއިން އެހީފޯރުކޮށްދެނީ

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ދުބާއީއިން އެހީފޯރުކޮށްދެނީ
މާލޭގެ މަގުތަކުގެ ތޮށްޖެހުމުގެ މައްސަލަ ހައްލުކުރަން ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރްޓީއޭ) އިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިހާރު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ވަނީ އާރްޓީއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމަށް ފަހު އަމީން "އެކްސް" ގައި ވިދާޅުވީ ދެ އިދާރާއަށް އެއްބަސްވެވޭ ފްރޭމްވޯކެއް އެކުލަވާލުމަށްފަހު އާރްޓީއޭއިން މި ކަމުގައި ފަންނީ އެހީތެރިކަން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ދަށުން މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރަން އާރްޓީއޭ ދުބާއީގެ ޓެކްނޮލޮޖީއާއި ތަޖުރިބާ ބޭނުން ކުރެވިގެން ދާނެ ކަމަށް އަމީން ވިދާޅުވިއެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ބޭރުގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވާކަން މި އަހަރުގެ ކުރީކޮޅު ވަނީ އިއުލާނުކޮށްފައެވެ. އިންޓަނޭޝަނަލް ފަންޑިންގައި ޓްރެފިކްގެ މައްސަލަ ހައްލުކުރަން ޕްރޮފެޝަނަލް އެކްސްޕަޓީސް ހޯދުމަށް ބޭރުގެ ބަޔަކާއެކު މިހާރު ވެސް ސޮއިކޮށްފައެވެ. ދުނިޔޭގައި ޓްރެފިކްގެ މައްސަލަ ހައްލުކުރުމުގައި ނަމޫނާ ދައްކާފައިވާ ޔޫއޭއީ ނަވަތަ ސިންގަޕޫރު ފަދަ ގައުމަކުން ވެސް ބައިލޭޓްރަލްގެ ދަށުން އެކްސްޕާޓުން ގެނެސް، ރާއްޖޭގައި ބައިތިއްބައިގެން މުޅި މައްސަލަ ދެނެގަތުމުގެ އެހީއަށް ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އޭރު އަމީން ވިދާޅުވެފައިވެއެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވާއިރު 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް