ޚަބަރު ރައްޔިތުންގެ މަޖިލިސް

‌މަހަށް ރަނގަޅު އަގުހޯދަން ފަހިވާ އެއްބަސްވުމުގައި ބައިވެރިވާން މަޖިލީހުން ރުހުންދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފިއެވެ.

Ads by Sosun Fihaara

އެ އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުން ރުހުން ދިނީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ދިރާސާކުރީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

އެ އެއްބަސްވުމުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށް އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި މަހުގެ 24 ވަނަ ދުވަހެވެ.

"ސަމޯއާ އެގްރީމަންޓް" ގެ ނަމުން ނަން ދިފައިވާ އެ އެއްބަސްވުމަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ– އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!