ޚަބަރު

ލާމަރުކަޒީ ނިޒާމު ބަދަލުކުރާނީ ރަނގަޅު ދިރާސާއަކަށްފަހު: ވަޒީރު

އައިކާ ޔުނާން ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފު ދެން އޮންލައިން އަށް މީގެ ކުރިން ދެއްވި ބަސްތީގަތުމުގެ ތެރެއިން

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަނަމަ ގެންނާނީ ގައުމީ ޔުނިވާސިޓީއިން ހަދާ ދިރާސާތަކާއި އާންމުންގެ ހިޔާލުތަކަށް ބެލުމަށް ފަހުގައި ކަމަށް އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަން ވާނީ އެ ނިޒާމުގައި ހުރި ގިނަ މައްސަލަތަކަށް ހެޔޮ ބަދަލު ގެނެވޭ ގޮތަށް ކަމަށެވެ.

އެގޮތުން, ބަދަލެއް ގެންނަނަމަ ގައުމީ ޔުނިވާސިޓީއިން އެ ކަމުގައި ހަދަމުން އަންނަ ދިރާސާއަށް ރައްޔިތުންގެ މަޖިލީހާއި އާންމުންގެ ހިޔާލު ހޯދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހިޔާލުތަކާއި ތަޖުރިބާކާރުންގެ ލަފާ ހޯދައިގެން އެ ގާނޫނަށް އިސްލާހު ކުރުން މުހިންމު ކަމަށެވެ.

އަދި, ދުނިޔޭގެ އެކި ގައުމުތަކުގައި ލާމަރުކަޒީ ނިޒާމުގެ ތަފާތު މޮޑެލްތަކެއް ހުރި ކަމަށާއި އިސްލާހު ކުރުމުގައި އެ ހުރިހައި ކަންކަމަށް ރިއާޔަތްކުރުން ވެސް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ގިނަ ރަށްތަކަށް ވަޑައިގެން ރައީސް މުއިއްޒު ވެވަޑައިގެން އެއް ވައުދަކީ ކައުންސިލަތަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށާއި، ކައުންސިލް މިނިސްޓްރީއާއެކު ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ. އެ ވައުދާ އެއްގޮތަށް ލޯކަލް ގަވަނެންޓް މިނިސްޓްރީ ވަނީ އުފައްދައިފަ އެވެ.

Ads by Ooredoo