މަޖިލީހަކީ އިލްމީ، އުފެއްދުންތެރި ތަނަކަށް ހެދުމަށް އަބްދުއްރަހީމް އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ އެދުވަހެއްގެ އެޖެންޑާއާ އެއްގޮތަށް މަސައްކަތްކޮށް މަޖިލީހަކީ އިލްމީ އަދި އުފެއްދުންތެރި ތަނަކަށް ހެދުމަށް ހުރިހާ މެންބަރުން ވެސް މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަބްދުއްރަހީމް އަބްދުالله އެދިވަޑައިގެންފި އެވެ.
މިއަދުގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް މެންބަރުގެ އަދަދު އިތުރުވަމުންދާތީ އެކަމާމެދު މެންބަރުން ދެކޭ ގޮތެއް ހޯދުމަށް ހުށަހެޅިފައިވާ ގަރާރެކެވެ.
މިއަދުގެ ޖަލްސާގައި ބަހުސް ކުރަައްވަމުން ގިނަ މެންބަރުން ވަނީ މައުލޫން ބޭރަށް ވަޑައިގެން ގިނަ ވާހަކަ ތަކެއް ދައްކަވާފައެވެ.
"ހުރިހާ އިއްޒަތްތެރި މެންބަރު ވެސް މަޖިލިސް ތަޅުމުގައި ބަހުސް ކުރައްވާއިރު, ކުރިމަތީގައި އޮތް ބިލަށް ބަހުސްކޮށްދެއްވުން އެދުން." އެކަމަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވއިެވެ.
"އެ ބިލު ކުރިމަތީގައި ބާއްވައިގެން އެއްވެސް ވަރަކަށް އެ ބިލުގެ ނަން ވެސް ބޭނުން ނުކޮށް އެ ބޭފުޅެއް ހިތްޕުޅުގައިވާ އުދާހާއި ޝުއޫރު ހާމަ ކުރާތަނަކަށް ރައްޔިތުންގެ މަޖިލިސް ނުހެއްދެވުން އެދެން"
އަބްދުއްރަހީމް އެދިވަޑަިއިގަތީ މި ދައުުރުގެ މަޖިލީހަކީ އުފެއްދުންތެރި ގިނަ މަސައްކަތްތަކެއް ކުރެވޭނެ މަޖިލީހަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ, އިލްމީ އަދި އުފެއްދުންތެރި މަޖިލީހަކަށް ހައްދަވައިދެއްވުން އެދި ދަންނަވަމުން..." އަބްދުއްރަހީމް ވިދާޅުވިއެވެ.
ތިބުނީ ބޮޑެތިކުށްކޮށް އަދަބު ލިބޭ މީހުން މެމްބަރުންތެރޭ ގިނަކުރާ ވާހަކަ ދޯ ؟!؟!؟!
އަދުރޭއާ އަދުރޭގެ ދަރި ކިޔަވަންވީ