ޚަބަރު

ދީނަށް ފުށުއަރާ އެއްވެސް ކަމަކަށް ޖާގާއެއް ނުދޭނެކަމުގެ ޔަގީންކަން އަނެއްކާވެސް ދީފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައިސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ދެން

އިސްލާމްދީނަށް ފުށުއަރާ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން މިއަދު ދީފި އެވެ.

Ads by STELCO

ސަރުކާރުން އެހެން ބުނީ އިސްލާމްދީނާ ހިލާފުވާ ކަންތައްތަކެއް ހިމެނޭ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ނެވެ.

ރާއްޖެއިން އެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރީ، އެ އެއްބަސްވުމުގައި ހިމެނޭ ދީނީ މިނިވަންކަމާއި، އެއް ޖިންސުން ގުޅުން ހިންގުން ފަދަ ކަންކަމަށް ހުއްދަ ދިނުމާ ގުޅޭ މާއްދާއަށް ޑިކްލަރޭޝަން ހުށަހަޅާފަ އެވެ. އެފަދަ މާއްދާތަކަށް ސަަރުކާރުން ހުށަހަޅާފައިވާ ޑިކްލަރޭޝަންގައި ބުނެފައިވަނީ އެ މާއްދާތަކަށް އަމަލުކުރާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފުނުވާނެ ގޮތަކަށް ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރާއްޖެއިން އެ އެއްބަސްވުމުގައި ސޮއިކުރީ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ. އަދި މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މިސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން." ހީނާ ވިދާޅުވި އެވެ.

Ads by HDC
  1. ހަނާ

    ހީނާ އެބުނަނީ ބަލަންވީވަރަށް ނުބަލާ!