ޚަބަރު

ހަތިޔާރާއެކު 12 ސަރަހައްދެއްގައި ސިފައިން ހަރަކާތްތެރިވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހަތިޔާރާއެކު ސިފައިން މާލޭގައި ހިންގި ތަމްރީނުތަކެއްގެ ތެރެއިން/ ފޮޓޯ: ދެން

ރާއްޖޭގެ 12 ސަރަހައްދެއްގައި ސިފައިންގެ ތަމްރީނުތަކެއް ހިންގާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

Ads by STELCO

ސަރުކާރުގެ ގެޒެޓުގައި ސިފައިންގެއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ތަމްރީނުތައް އިއްޔެ ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި މަހުގެ 12 ގެ ނިޔަލަށް ކުރިއަށްގެންދާ ތަމްރީނުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެ ކަމަށެވެ.

ތަމްރީނުތައް ކުރިއަށްގެންދާ ސަރަހައްދުތައް

1-  ހއ. އުލިގަމާއި ތުރާކުނާއި ދޭތެރޭ ކަނޑުގެ ސަރަހައްދު

2-  ހއ. ހޯރަފުށި

3-  ހއ. ބެރިންމަދޫ

4-  ހދ. ހަނިމާދޫ

5-  ހދ. ކުޅުދުއްފުށި ސިޓީ

6-  ޅ. ފެލިވަރު

7-  ޅ. މާފިލާފުށީ

8-  ރ. މާކުރަތު

9-  ބ. ގޮއިދޫ

10-  މާލޭ ހާބަރު

11-  ހުޅުލޭ ސީޕްލޭން ޓާމިނަލް

12-  ކ. ގިރިފުށި

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!