Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ފިލްމީ ތަރިންގެ އަހުލާގު ރަނގަޅުކުރަން ޖެހޭ: އައްބާސް

ރާއްޖޭގެ ފިލްމީ ތަރިންގެ އަހުލާގު ރަނގަޅުކުރަން ޖެހޭ:  އައްބާސް

ރާއްޖޭގެ ފިލްމީ ތަރިންގެ އަހުލާގީ މިންގަނޑު ރަނގަޅު ކުރަން ޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއާއި ގުޅިގެން ވާހަކަދެއްކެވީ، ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމުގެ ބިލަށް މިއަދުގެ މަޖިލީސް ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

އައްބާސް ވިދާޅުވީ، މީގެކުރިން ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އަކީ ދިވެހިން ވެސް ބަލައިގަންނަ މަޝްހޫރު އިންޑަސްޓްރީއެއް ކަމަށެވެ. އެހެން ނަމަވެސް މިއަދު އެ އިންޑަސްޓްރީއާ މެދު މީހުން ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
HDC — Sidebar (box)

އެގޮތަށް މިހާރު މީހުން ދެކެނީ އައްބާސް ވިދާޅުވި ގޮތުގައި ފިލްމީ ތަރިންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންގެ އަހުލާގީ މިންގަނޑު "ބޮއްސުންލާފައި" އޮތުމުން ނެވެ.

"އަޅުގަނޑަށް ފިލްމު އިންޑަސްޓްރީއާ ބެހޭ ގޮތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ފިލްމީ ތަރިންގެ އަހުލާގީ މިންވަރުވެސް އެބަޖެހޭ ވަރަށް ބޮޑަށް ރަނގަޅު ކުރަން. ދުނިޔޭގެ ތަންތާނގަ މިއުޒީޝަނުންނަކީ، އެކްޓަރުންނަކީ، އެކްޓްރެސުންނަކީ ވަރަށް ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބި ހަމަ ސެލެބްރިޓީއެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭނީ" އައްބާސް ވިދާޅުވި އެވެ.

އެހެން ގައުމުތަކުގައި ފިލްމީ ތަރިންނާ މެދު ދެކޭ ގޮތަށް ދިވެހިންގެ ވިސްނުންވެސް ބަދަލުކޮށް އެ އިންޑަސްޓްރީއަށް މީހުންގެ އިހުތިރާމު ހޯދުމަށް މަސައްކަތް ކުރުމަށް އޭނާގެ ވާހަކައިގައި ގޮވާލެއްވި އެވެ.

"އެކަން ބަދަލުކުރުމަށްޓަކައި އިންޑަސްޓްރީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނާއި އަދި މިހާރު މަސައްކަތް ކުރާ ބޭފުޅުން ވަރަށް ބޮޑަށް ގުޅިގެން އަހުލާގީ މިންގަނޑު ރަނގަޅުކޮށްގެން އަދި އުފައްދާ ފިލްމުތަކަކީ ވަރަށް އުފެއްދުންތެރި ރައްޔިތުން ބަލާ ހިއްވާކަހަލަ ފިލްމުތަކަކަށް ވުން." އައްބާސް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް