ޚަބަރު

ރަށްރަށުން ސައިކަލު ރަޖިސްޓްރީނުކުރާ ގޮތަށް އުސޫލު ބަދަލުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

ރަށްރަށުގައި ސައިކަލު ރަޖިސްޓްރީ ކޮށްދޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލީ އުސޫލު ބަދަލުކޮށް، ހާއްސަ ކޮށްފައިވާ ޒޯނުތަކުން އެކަނި ރަޖިސްޓްރީ ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by MWSC

އެއްގަމު އުޅަނދުތައް ރަށްރަށުގެ ކައުންސިލުން ރަޖިސްޓްރީ ކުރެވޭ ގޮތަށް ޓްރާންސްޕޯޓުން ނިންމީ 2021 ވަނަ އަހަރު އެވެ.

ސަރުކާރުގެ ގެޒެޓްގައި ޓްރާންސްޕޯޓުން މިރޭ ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ކައުންސިލްތަކުން ދެފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަމުން ގެންދާނީ އެކައުންސިލެއް ނިސްބަތްވާ ސިޓީއެއް ނުވަތަ އެ އަތޮޅެއް ނުވަތަ އެރަށެއް ހިމެނޭ ޒޯނަކަށް ކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ޒޯންތައްވަނީ ކަނޑައަޅާފަ އެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ޒޯންތައް:

(ހ) އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ ޒޯން "B" ،"A" އަދި "C" ގައެވެ.

(ށ) ޒޯނު "A" ގައި ހިމެނެނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ އެވެ.

(ނ) ޒޯން "B" ގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ.

ޒޯނު "C" ގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ. އއ. އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ހިމެނޭ ރަށްތަކެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނީ 10 ގިންތިއަކަށް ބަހަލާއިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!