ޚަބަރު

މަޖިލީހުގެ އަންހެން މެންބަރުންނާއި މިނިސްޓަރު މާރިޔާ ޗައިނާއަށް

އަލީ ސަމާޙް ، ދެން އޮންލައިން

ޗައިނާ ސަރުކާރުގެ ދައުވަތަކަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް، ޑރ. މަރިޔަމް މާރިޔާ އާއި ރައްޔިތުންގެ މަޖިލީހުގެ އަންހެން ތިން މެންބަރުން އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

Ads by MWSC

އެ ތިން މެންބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ހުރާ ދާއިރާގެ މެންބަރު އާނާރާ ނައީމްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން ޝެރީން އަބްދުއް ސަމަދުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ފަރާތުން އައިޝަތު ޝިމާ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މި ބޭފުޅުން ޗައިނާ އަށް ވަޑައިގެންނެވީ "ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑާސް ޕްރޮގްރާމް"ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މިއަދުން ފެށިގެން މި މަހުގެ 16އަށް، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއައްދާ އެ ޕްރޮގްރާމަކީ ސީއައިސީޑީއޭ އަދި "އޯލް ޗައިނާ ވިމެންސް ފެޑެރޭޝަން"އާއި ގުޅިގެން، ޗައިނާއާއި ދެކުނުގެ ގައުމުތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެން ބޭފުޅުނަށް ހާއްސަކޮށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.

"ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑާސް ޕްރޮގްރާމް"ގެ މައިގަނޑު މަގްސަދަކީ ޗައިނާއާއި ދެކުނުގެ ގައުމުތަކުގެ ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެން ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެބޭފުޅުންގެ ތަޖުރިބާތަށް ހިއްސާކުރައްވައި އަންހެނުން ބާރުވެރިކުރުވުމާއި ގުޅިގެން މަޝްވަރާކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!