"ދަނޑުވެރި މަންފާ" ގްރާންޓަށް ފޯމު ބަލައިގަތުން މެދުކަނޑާލައިފި

ބޮޑު ތިލްދުންމަތީގެ ރަށްތަކަށް އަމާޒުކޮށްގެން ހުލުވްލި ގްރާންޓް "ދަނޑުވެރި މަންފާ" ޕްރޮގްރާމަށް ފޯމު ބަލައިގަތުމް މެދުކަނޑާލައިފި އެވެ.
އ، ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ހުޅުވާލި ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 25 ގަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިދިޔަ ބުރާސްފަތީގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ގްރާންޓަށް ފޯމު ބަލައިގަތުން މެދުކަނޑާލީ، ލިބިފަައިވާ ފޯމުތަކުގެ ޖުމްލަ އަދަދު 10 މިލިއަން ރުފިޔާ ހަމަވެފައިވާތީ އެވެ. އެ މިނިސްޓްރީން ބުނީ މިހާރު ލިބިފައިވާ ފޯމުތައް އިވޭލުއޭޓް ކުރުމަށްފަހު ފަންޑުގައި ފައިސާ ހުރި މިންވަރަކުން އިތުރު ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށެވެ.
އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ މި ގްރާންޓް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްގެންދާ ބޮޑު ތިލަދުންމަތީގެ 26 ރަށްރަށުގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، މަދަނީ ޖަމީއްޔާތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.މި ގްރާންޓުގެ ދަށުން މަޝްރޫއުގެ 30 އިންސައްތަ ނުވަތަ 50 އިންސައްތައާ ހަ،މަޔަށް ހިލޭ އެހީ ފޯރުކޮށްދޭނެ އެވެ.