ޚަބަރު

ތިން މާއްދާއިން ފާސްވުމުން އޭ ލެވެލް ކިޔަވަން ފުރުސަތު ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޯ ލެވެލް އިމްތިހާނުން ތިން މާއްދާއިން ފާސްވުމުން އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

Ads by STELCO

މިހާރު އުސޫލު އޮންނަ ގޮތުން އޭ ލެވެލްއިން ފުރުސަތު ދެވެނީ ޖުމްލަ ފަސް މާއްދާއިން ފާސް ވުމުންނެވެ. އެއީ މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ, އިސްލާމް, ދިވެހި, އިނގިރޭސި އަދި ހިސާބުގެ އިތުރުން, ސްޓްރީމްގެ އެއް މާއްދާއިންނެވެ.

އުސޫލަށް ބަދަލު ގެންނަން އިއްޔެ މިނިސްޓްރީން ވަނީ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވާފައެވެ. އެ ސާކިއުލާގައި, ގުރޭޑް 11އަށް ވަނުމަށް ހުށަހަޅާފައިވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ސްކޫލުގައި ޖާގަ އޮތް މިންވަރަށް ބަލައި، ހުށާހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށް ފުރުޞަތު ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި އޭ ލެވެލްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު މަދުވުމާއި ގުޅިގެން އެކަން ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ކުރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން ބޭއްވި އޭ ލެވެލް އިންތިހާނުގައި ބައިވެރިވީ 3،268 ދަރިވަރުންނެވެ. އެއީ މާލޭގެ ތިން ސެންޓަރަކާއި އަތޮޅު ތެރޭގެ 42 ސެންޓަރު ހިމެނޭހެން ޖުމްލަ 45 ސެންޓަރެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!