ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުށްތައް ހުއްޓުވަން ލަންކާއާއެކު އެއްބަސްވުމަކަށް ދާން ފާސްކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ތަޅުން (ފޮޓޯ/ މަޖިލީސް)

ޖިނާއީ ކުށްތައް މަދުކުރުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "ޓްރީޓީ ބިޓްވީން ދަ ގަވާމަންޓް އޮފް ދަ ރިޕަބްލިލް މޯލްޑިވްސް އެންޑް ދަ ގަވާންމެންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިލް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާޒް" އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

Ads by MWSC

ލަންކާއާ އެކު އެއްބަސްވުމަކަށް ދާން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ މި ހިނގާ ޖުލައި މަހުގެ 9 ގަ އެވެ. މި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓު ފާސްކުރުމަށް މިއަދުގެ ޖަލްސާގައި 72 މެމްބަރުން ވޯޓު ދެއްވި އެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުސްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާ އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމެވެ. މި އެއްބަސްވުމުގެ ދަށުން،  އެންމެ ފުޅާދާއިރާއެއްގައި ޖިނާއީ މައްސަަތަކިގައި އެހީތެރިކަން ދޭން ޖެހޭނެ އެވެ. އެގޮތުން ތަހުގީގުކުމާއި، ޝަރީއަތް ހިންގުމުގައިއާއި މައްސަލަ ނިމުމުނ ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.

ލަންކާއާއި ރާއްޖެއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!